ފްރެންޑްސްގެ ތަރި މެތިއު ޕެރީ މަރުވީ އޯވާޑޯޒްވެގެން: އޮޓޮޕްސީ ރިޕޯޓު

ފްރެންޑްސްގެ ތަރި މެތިއު ޕެރީ މަރުވީ އޯވާޑޯޒްވެގެން: އޮޓޮޕްސީ ރިޕޯޓު

މަޝްހޫރު ސިޓްކޮމް، ފްރެންޑްސްގެ އެކްޓަރު މެތިއު ޕެރީ މަރުވީ އޯވާޑޯޒްވެގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި އެވެ.

ޓީވީ ޝޯތަކުގެ ތާރީހުގައި ވެސް އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެއް ސީރީޒް، ފްރެންޑްސްގައި ޗޭންޑްލާ ބިންގުގެ ރޯލު އަދާ ކޮށްފައިވާ ޕެރީ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓުމަންޓުގެ ޖަކޫޒީ ތެރޭގައި އެވެ.

އުމުރުން 54 އަހަރުގެ ޕެރީ މަރުވި ގޮތް ތަހުގީހު ކުރުމަށް ހެދި އޮޓޮޕްސީ ރިޕޯޓުން ހާމަވި ގޮތުގައި ޕެރީ މަރުވެފައި ވަނީ ސީދާ ކެޓަމިންއަށް އޯވާޑޯޒްވުމުގެ ސަބަބުންނެވެ. ޖަކޫޒީ ތެރޭގައި ގެނބުން އެ ރިޕޯޓުގައި ހިމަނާފައި ވަނީ މަރުގެ ދެވަނަ ސަބަބުގެ ގޮތުގަ އެވެ.

Advertisement

ހިތުގެ ބަލި ވެސް ތަހަންމަލު ކުރަމުންދިޔަ ޕެރީއަކީ ބަނގުރަލާއި މަސްތުވާތެކެއްޗަށް އޭނާ ދެވި ހިފާފައިވާ މިންވަރުގެ ވާހަކަ ފާޅުގައި މީހުންނާ ހިއްސާ ކުރަމުންދިޔަ މީހެކެވެ. އޭނާ މަރުވިއިރު، ދިޔައީ ޑިޕްރެޝަނާއި އެންޒައިޓީގެ ފަރުވާއެއްގެ ގޮތުގައި ކެޓަމިން ޓްރީޓްމެންޓެއް ނަގަމުންނެވެ. ނަމަވެސް އެންމެ ފަހުން ކެޓަމިން ޓްރީޓްމެންޓެއް ޕެރީ ނަގާފައި ވާކަމަށް ރިޕޯޓުތަކުން ދައްކަނީ މަރުވުމުގެ އެއް ހަފުތާ ކުރިންނެވެ. އެހެންކަމުން އެ ޓްރީޓްމެންޓާއި ޕެރީގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރިޕޯޓު އެކުލަވާލި ލޮސް އެންޖަލިސް ކައުންޓީ މެޑިކަލް އެގްޒެމިނާ އޮފީހުން ބުނެފައިވެ އެވެ.

"މރ. ޕެރީގެ ކޭސްގައި އޭނާ މަސްތުވާތަކެތި ބޭނުން ކޮށްފައި ވަނީ ކިހިނެއް ކަމެއް ދެނެގަނެވިފައެއް ނުވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕެރީގެ އޮޓޮޕްސީން އެނާގެ ހަށިގަނޑުން ކެޓަމިން ފިޔަވައި ބަނގުރަލާއި ކޮކެއިން ނުވަތަ ހިރޮއިން ފަދަ އެއްވެސް އެހެން މަސްތުވާއެއްޗެއްގެ އަސަރު ފެނިފައެއް ނުވެ އެވެ.

1994 އިން 2004 އަކަށް އެއާ ކުރި ފްރެންޑްސް ސީރީޒްގައި ޕެރީ އަދާ ކުރި ރޯލުން އެނާ ވަނީ ދުނިޔޭގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. ޕެރީގެ ވަކިވުމާއެކު ފްރެންޑްސްގައި ޕެރީއާއެކު އެކި ރޯލުތައް އަދާ ކޮށްފައިވާ ފަންނާނުންނާއި ފްރެންޑްސްގެ ފޭނުން ވަނީ ހިތާމައިގެ މެސެޖުތައް މީސްމީޑިއާއަށް ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox