ރިޔާސީ އިންތިހާބު: ތަކެތީގެ ގޮތުގައި ރައީސަށް 19 މިލިއަން އެކަމަކު ފައިސާއިން ލިބުނީ އެންމެ ދެ މިލިއަން

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވަވަޑައިގަންނަވަނީ. ތަކެތީގެ ގޮތުގައި އެމަނިކުފާނަށް 19 މިލިއަނަށް ވުރެ ގިނައިން ލިބުނު --- ފޮޓޯ: އަދަދު ފައިލް

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވަވަޑައިގަންނަވަނީ. ތަކެތީގެ ގޮތުގައި އެމަނިކުފާނަށް 19 މިލިއަނަށް ވުރެ ގިނައިން ލިބުނު --- ފޮޓޯ: އަދަދު ފައިލް

ނިމިދިޔަ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހަރަދުތަކުގެ ތެރެއިން 19 މިލިއަން ރުފިޔާ ތަކެތީގެ ގޮތުގައި ކެމްޕޭނަށް ލިބުނު ނަމަވެސް ފައިސާގެ ގޮތުގައި ލިބިފައި ވަނީ އެންމެ 2.1 މިލިއަން ރުފިޔާކަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

މިއަހަރުގެ އިންތިހާބުގެ ކެމްޕޭނަށް މުއިއްޒުގެ އަމިއްލަ ފައިސާއިން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާ ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ތަކެތިން ވެސް ހަރަދު ކުރައްވާފައި ނުވާ ކަމަށް ބަޔާނުން އެނގެ އެވެ.

ވަކިވަކި ފަރުދުންގެ ފަރާތުން 115,000ރ. ރައީސްގެ ކެމްޕޭނަށް ލިބުނުއިރު އޭގެ ތެރެއިން 100,000ރ. ހ. ފިލިގަސްދޮށުގެ, ހުދާ އަލީ ޝަރީފް ދިންއިރު ބާކީ 15,000ރ. ދިނީ މއ. ކިނބި, މުހައްމަދު ލަތީފެވެ. އޭގެ އިތުރުން, ޕީޕީއެމްގެ ފަރާތުން އެމަނިކުފާނުގެ ކެމްޕޭނަށް ފައިސާގެ ގޮތުގައި ޖުމުލަ ދެ މިލިއަން ރުފިޔާ ދީފައިވެ އެވެ.

ތަކެތީގެ ގޮތުގައި ވަކިވަކި ފަރުދުންގެ ފަރާތުން 9,743,200ރ. މުއިއްޒުގެ ކެމްޕޭނަށް ލިބުނުއިރު އޭގެ ތެރޭގައި ދަތުރާއި ހުރުމާއި ކެއުމާއި އަދި އެހެނިހެން މެޓީރިއަލްތައް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރު އެއްވެސް ތަފްސީލެއް ނެތްއިރު ބިލުތަކަށް ދައްކާފައިވާ ފައިސާ ވެސް ކަނޑައަޅާފައިވަނީ "ލިބިފައިވާ ތަކެތި" ގެ ގޮތުގަ އެވެ.

ތަކެތި ދިން ފަރުދުންގެ ތަފްސީލު

  • ހާމިދު އަފީފު, މއ. ޖަނބުގަސްދޮށުގެ - 370,000ރ.
  • ސަލާހު ޝަރީފް, މަލަސް, ގއ. ކޮލަމާފުށި - 2,793,000ރ.
  • ޝާހިދު އިބްރާހިމް, ނަސްރީނުވިލާ, ގއ. ދެއްވަދޫ - 850,500ރ.
  • އިބްރާހިމް ސަނާހު, ނިޝާން, ތ. ތިމަރަފުށި - 435,580ރ.
  • އަލީ އިބްރާހިމް, މަދަރާގެ, މާލެ - 820,350ރ.
  • އަފޫ ހާމިދު, އާތު, ޅ. ނައިފަރު - 575,500ރ.
  • އިސްމާއީލް ސުހައިލް, ނަސީމީވިލާ, ރ. ކަނދޮޅުދޫ - 538,500ރ.
  • ފާތިމަތު ތައުފީގް, ޖަވާހިރުވާދީ, ސ. މަރަދޫފޭދޫ - 575,070ރ.
  • އަހްމަދު ޒާހިރު, އެރިޔަދޫ, ރ. މީދޫ - 2,500,00ރ.
  • މުހައްމަދު އާސިމް, ލަކީސްޓާ, ރ. މީދޫ - 285,200ރ.

ޕީޕީއެމުން ވަނީ އެމަނިކުފާނުގެ ކެމްޕޭނަށް ތަކެތީގެ ގޮތުގައި 4,129,687ރ. ހޭދަކޮށްފަ އެވެ. އޭގެ އިތުރުން, މާސިންގާ އިންވެސްޓްމަންޓުން 2,820,430ރ. އާއި ކްލައިންޓެކް މޯލްޑިވްސްއިން 2,120,750ރ. އަދި ކެޕްޓަން މޯލްޑިވްސްއިން 415,300ރ. މުއިއްޒުގެ ކެމްޕޭނަށް ހަރަދުކޮށްފައިވެ އެވެ.

މިއަދު އާންމުކުރި މާލީ ބަޔާންތަކުން ފެންނަ ގޮތުގައި ދެ ބުރުގެ ކެމްޕެއިނަށް އަށް ކެންޑިޑޭޓުންގެ އަތުން ހަރަދުވިކަމަށް ބުނާ ޖުމުލަ އަދަދަކީ އެންމެ 69،188،675ރ. އެވެ. އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ބަޔާންތަކުން ފެންނަނީ އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް މުއިއްޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox