ބޮލީވުޑްގެ މަގްބޫލު ޒީ5 އޮރިޖިނަލްސް ވެބް ސީރީޒެއް ކަމުގައިވާ "ދަ ފައިނަލް ކޯލް" ގެ އެޕިސޯޑުތައް މިހާރު ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
އޭވިއޭޝަން ދާއިރާގައި ހިނގާ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ މި ސީރީޒްއަކީ ޒީ5 އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ އެންމެ މަގްބޫލު އެއް ސީރީޒް އެވެ. މި ސީރީޒްގައި ދައްކުވައިދެނީ ސްކައިލައިން ފްލައިޓް 502ގެ ޕައިލެޓް ދަތުރުމަތީގައި އަމިއްލަ ފުރާނަ ނަގާލުމަށް ނިންމުމާއި ގުޅިގެން ފްލައިޓްގައި ތިބި 300 ފަޅުވެރިން ސަލާމަތް ކުރުމަށް އެއާލައިން އޮފިސަރުން އަދި އެއާޕޯޓް ޓީމުން ކުރާ މަސައްކަތްތަކެވެ.
މި ސީރީޒްގައި ޕައިލެޓްގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ބޮލީވުޑް ފިލްމުތަކުގައި ބަތަލެއްގެ ރޯލު އަދާކޮށްފައިވާ އަރްޖުން ރާމްޕަލް އެވެ. އޭނާ ވަނީ "އޯމް ޝާންތީ އޯމް" އަދި "ޑޯން" ފަދަ ކާމިޔާބު ފިލްމުތަކުގައި ރޯލުތައް އަދާކޮށްފަ އެވެ.
އަރްޖުންގެ އިތުރުން މި ސީރީޒްގެ އެންމެ ބޮޑު އެއްރޯލުން ފެނިގެންދާނީ ދިވެހިން ވަރަށް ދެކެފަރިތަ މޫނެކެވެ. ސާކްޝީ ތަންވަރްއޭ ބުނީމަ ގިނަބަޔަކަށް ނޭނގުނަސް، ދިވެހިންގެ މެދުގައި ޒަމާނުއްސުރެން މަގްބޫލު ސީރީޒް "ކަހާނީ ގަރް ގަރް ކީ" ގެ ޕާރްވަތީއޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަން ޔަގީނުން ވެސް އެނގޭނެ އެވެ. މި ސީރީޒްގައި ސާކްޝީ ކުޅޭނީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރެއްގެ ރޯލެވެ.
މީގެ އިތުރުން ބޮލީވުޑުގައި މަޝްހޫރު ތަރިއެއް ކަމުގައިވާ ކޮމެޑީ ރޯލު ތަކުން ފާހަގަކުރެވުނު ޖާވެދް ޖެފްރީގެ އަދި "ޕަދްމާވަތް" އަދި "ޓައިގަރ ޒިންދާހޭ" އިން މަގްބޫލުކަން ހޯދި އަރަމުން އަންނަ ތަރި އަނުޕްރިޔާ ގޮއެންކަރުވެސް މި ސީރީޒްގެ ރޯލަކުން ފެނިގެންދާނެ އެވެ.
"ދަ ފައިނަލް ކޯލް" ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި ފޯނުން ވެސް ބަލާލެވޭނެ އެވެ.
ވީޑިއޯކްލަބްގެ ހާއްސަ ޕްރޮމޯޝަނެއް ވެސް މި މަހުގެ 26ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ޕްރޮމޯޝަންގެ ދަށުން ޓީވީ ސްކްރީންތަކުން ވީޑިއޯ ކްލަބް ހިިދުމަތް ހޯދުމަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިންޑޮނޭޝިއާގެ ބާލީއަށް ހަ ދުވަހުގެ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުނެ އެވެ.
ގުރުވަތުން ހޮވޭ ފަރާތަށް ދެ މީހެއްގެ ބާލީ ދެކޮޅު ޓިކެޓް، ހުރުމާއި ކެއުން އަދި ބާލީ ޓުއާ ޕެކޭޖެއް ލިބޭނެ އެވެ.
މީޑިއާނެޓުގެ އެމްއެސް ވީޑިއޯކްލަބްއިން އަންނަނީ "ދަ ފައިނަލް ކޯލް" ގެ އިތުރުން ޒީ5 އޮރިޖިނަލްސްގެ އިތުރު ސީރީޒްތައްވެސް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. ވީޑިއޯކްލަބް ޕެކޭޖަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް އަށް ޒިޔާރަތްކޮށް ފައިސާ ދެއްކޭނެ އެވެ.











