މަޖިލީހުގެ ކޮމިޓީން ނިންމީ ތިނަދޫގެ މިހާރުގެ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް

ގދ. ތިނަދޫ ކައުންސިލްގެ ރައީސާއި، އެލްޖީއޭގެ އިސް ބޭފުޅުންނާއި، ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގައި: ތިނަދޫ މިހާރުގެ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި - ފޮޓޯ: މަޖިލީސް

ގދ. ތިނަދޫ ކައުންސިލްގެ ރައީސާއި، އެލްޖީއޭގެ އިސް ބޭފުޅުންނާއި، ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގައި: ތިނަދޫ މިހާރުގެ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި - ފޮޓޯ: މަޖިލީސް

ރަށު ކައުންސިލުގެ ދައުރުގެ މެދު ތެރެއިން، ސިޓީއެއްގެ ދަރަޖަ ދީފައިވާ ގދ. ތިނަދޫގެ މިހާރުގެ ކައުންސިލް ވަގުތުން ސިޓީ ކައުންސިލަށް ބަދަލުވެ އެފަދަ ކައުންސިލަކަށް ލިބިދޭ ބާރުތައް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ތިނަދޫގައި މިހާރު އޮތް ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

ގދ. ތިނަދޫގައި ސިޓީ ކައުންސިލްގެ އިދާރާ ގާއިމު ކުރުމަށް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް ގާއިމު ކުރި ކައުންސިލް މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވެފައިވެ އެވެ.

އާދަމް ޝަރީފް އުފެއްދެވި ސުވާލަކީ ރަށު ކައުންސިލްގެ ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ދިނަސް، ކައުންސިލް ދެމި އޮންނާނެ ކަމަށް ގާނޫނުގައި އޮތަސް އެއިރު އޮންނަ ކައުންސިލަށް ސިޓީ ކައުންސިލްގެ ބާރުތަކާއެކު، ރަށު ކައުންސިލްގެ ރައީސް ސިޓީ މޭޔަރަކަށް ވަގުތުން ބަދަލު ވޭތޯ ނުވަތަ ނުވޭތޯ އެވެ.

އެ މައްސަލަ ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ، ތިނަދޫގެ މިހާރުގެ ކައުންސިލް ވަގުތުން ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިއަށް، ސިޓީއެއްގެ ދަރަޖަ އެ ކައުންސިލަކަށް ދީފިނަމަ އެއިރު އޮތް ކައުންސިލުގެ ދައުރު ހަމަވަން ދެން ސިޓީ ހިންގާނީ އެެއިރު އިންތިހާބު ކޮށްފައިވާ ރަށު ކައުންސިލަކުންނެވެ.

ގާނޫނުގައި އެ ގޮތަށް ބަޔާން ކުރާތީ، ލާމަރުކަޒީ ކޮމިޓީއަށް ވެސް ފެނުނީ މިހާރު އޮތް ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ނިންމުމަށެވެ. އަދި އެ ރަށުގައި ސިޓީ ކައުންސިލްގެ އިދާރާ ގާއިމުކޮށް، ސިޓީ ކައުންސިލަކަށް ލިބިދޭ ހުރިހާ ބާރުތަކެއް ވެސް އެ ރަށުގެ ކައުންސިލަށް ދިނުމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޮގަސްޓް 31، ގަ އެވެ. އެ ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. މުއިއްޒު އެ ވައުދު ހުށަހަޅުއްވާފައިވަނިކޮށް، ކުރީގެ ސަރުކާރުން ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ނިންމި ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް އާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސްވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދަށާއި، އެންމެ ދެކުނުުގައިވާ އައްޑު އަތޮޅަށާއި، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓަށެވެ.

ސިޓީއެއްގެ ދަރަޖަ ދެވެނީ، އެ ކަމަށް އެދި ހުށަހަޅާ ރަށް ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދުގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮވެގެނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox