އާންމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގުބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެ

މިއަދު ބާޒާރުގައި ހުރި ފިޔާ ބަސްތާ ތަކެއް : އާންމުންނަށް ދަތިވާނެހެން ބާޒާރުގައި ފިޔަލުގެ އަގުބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ގޮވާލައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

މިއަދު ބާޒާރުގައި ހުރި ފިޔާ ބަސްތާ ތަކެއް : އާންމުންނަށް ދަތިވާނެހެން ބާޒާރުގައި ފިޔަލުގެ އަގުބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ގޮވާލައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް ދަތިވާނެހެން ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާ ކަމަށް ބުނެ އާންމުންގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާ އެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު ވަނީ ދެގުނަ ބޮޑުވެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފަ އެވެ.

އިންޑިއާގެ މި ނިންމުމާއެކު މާލޭގެ ބާޒާރުގައި ފިޔާގެ އަގު މިހާރު ހުރީ އުފިލިފައެވެ. އަހަރުގެ މެދުތެރޭ ހިސާބުގައި ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 200ރ. އާ 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއަދު ބާޒާރުގައި ފިޔާ ބަސްތާއެއް ލިބެން ހުރީ 550ރ. އާއި 800ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 40ރ. އާ ދެމެދު އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން އިތުރަށް ބުނީ، މި މައްސަލާގައި އެ މިނިސްޓްރީން ބެލި ބެލުންތަކުން ތިން ކަމެއް ފާހަގަވެފައިވާ ކަަމަށެވެ. އެގޮތުން، މޫސުމީ ހަލާތާ ގުޅިގެން މިވަގުތަށް އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަޑުޖައްސާލި ނަމަވެސް އެ ގައުމުން ރާއްޖެއަށް ފިޔާ ލިބުމުގެ ދަތިކަމެއް ދިމާވާނެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި، ރާއްޖެއަށް ފިޔާ އިމްޕޯޓުކުރާ ފަރާތްތަކާއެކު އެ މިނިސްޓްރީން ދެކެވުނު ވާހަކަތަކުގައި، ފިޔާ ރާއްޖެއަށް އެތެރެކުރުމައިވެސް ދަތިކަމެއް ނެތްކަން ފާހަގަވި ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް، އެ މިނިސްޓްރީން 23 ވިޔަފާރިއަކުން އަގުބަލާ ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މިދިޔަ މަހު 23 އިން މި މަހު 10 އަކަށް ފިޔަލުގެ އަގު 20 އިންސައްތައާއި 50 އިންސައްތައަށް އުފުލިފައިވާކަންވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ މިނިސްޓްރީން ބުނި ޒަރޫރީ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުމުގާ ދަތިކަމެއް ނެތް ކަމަށާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަވެސް ސަރުކާރުން އެކަމަށް އެކަށޭނަ ހައްލެއް ހޯދައިދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox