ހޫސީންނަށް އެހީވާ ކަމަށް ބުނެ ވިޔަފާރި ނެޓްވޯކަކަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓު

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓު

ޔަމަނުގެ ހޫސީންނަށް އެހީތެރިވާ ކަމަށް ބުނެ އިރާންއާ ގުޅުން އޮންނަ ވިޔަފާރި ނެޓްވޯކަކަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޓުރެޝަރީ ޑިޕާޓުމަންޓުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިރާންއާ ގުޅުން އޮންނަ އެ ނެޓުވޯކަށް ދަތި ކުރުމުގެ ފިޔަވަޅު އެޅީ އެހީގެ ގޮތުގައި ހޫސީންނަށް ދިހަ ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު އެ ނެޓުވޯކުން ފޯރުކޮށްދޭން އުޅުމުންނެވެ.

ވަކި ފަރުދުންނާއި އެންޓިޓީތައް ހިމެނޭހެން އެ ނެޓްވޯކުގައި ހިމެނޭ 13 ފަރާތަކަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފައިވެ އެވެ. އެ ނެޓްވޯކަކީ އިރާނުގެ ސައީދުލް ޖަމާލްގެ ބޭރު ފައިސާ މާރުކޮށްދޭ ވިޔަފާރި ނެޓްވޯކެކެވެ. އެ ނެޓްވޯކުގެ ގޮފިތައް ޑުބާއީއާއި ލިބުނާނުގައި ވެސް ހުރެ އެވެ.

ހޫސީންގެ އިތުރުން މެދު އިރުމަތީގައި ހަރަކާތްތެރިވާ ގިނަ ޖަމާއަތްތަކަށް އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. އެގޮތުން ރަތް ކަނޑުން ދަތުރު ކުރާ ބޯޓުފަހަރަށް ހަމަލާދީ، ބައެއް ބޯޓުތައް ބާރުގެ ދަށަށް ގެންދިޔުން ފަދަ ކަންކަން ކުރަމުން ހޫސީން ދަނީ އިރާނުގެ ވާގިވެރިވުމާއެކު ކަމަށް އެމެރިކާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހޫސީންނަކީ ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުން އަންނަ ޝިއައީ ޖަމާއަތެކެވެ. ފާއިތުވި ދުވަސްތަކުގައި ހޫސީން ވަނީ ފަލަސްތީނާއި އިޒްރޭލު ހަނގުރާމައަށް އަމަލީ ގޮތުން ވަދެ، ރަތް ކަނޑުން ދަތުރު ކުރި އިޒްރޭލާ ގުޅުން އޮންނަ ބައެއް ބޯޓު ފަހަރަށް ހަމަލާދީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އަމާޒުކޮށް ވެސް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފަ އެވެ.

އެމެރިކާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހަރަކާތްތަކަށް ވާގިވެރިވާ ނެޓްވޯކުތައް ދެނެގަނެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ވިޔަފާރި ނެޓްވޯކުތަކަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅަމުން ދާއިރު، ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމުތަކަށް އެމެރިކާއިން ދަނީ ފަންނީ ގޮތުންނާއި މާލީ ގޮތުން އަދި އަމަލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް

ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.

އިޒްރޭލު އިންތިހާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ ހަފުތާގައި ބާއްވާ އިޒްރޭލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައި ނަމަވެސް، އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ތާއީދުން ނަތަންޔާހޫއަށް ކުރިއެރުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox