އަހަރު ނިންމުމުގެ ގޮތުން މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް, ބޮޑު އިނާމަކީ އައިފޯން 15 ޕްރޯ ފޯނެއް!

އަހަރު ނިންމުމުގެ ގޮތުން މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް, ބޮޑު އިނާމަކީ އައިފޯން 15 ޕްރޯ ފޯނެއް!

އަހަރު ނިންމުމުގެ ގޮތުން މީޑިއާނެޓުން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އަޕްގްރޭޑް އެންޑް ވިން" ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަހަރު ނިމެންދެނެވެ.

ޕްރޮމޯޝަނުގައި މީޑިއާނެޓުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވެވެނީ މީޑިއާނެޓު ކަސްޓަމަރުން މިހާރު ގެންގުޅޭ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުނު ޕެކޭޖަށްވުރެ ބޮޑު ކޮންމެ ޕެކޭޖެއް އެކްޓިވޭޓް ކޮށްގެންނެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައެވެ. ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ:

  • 1 ވަނައަށް، އައިފޯން 15 ޕްރޯ
  • 2 ވަނައަށް، ޓީސީއެލް ބްރޭންޑްގެ 55 އިންޗި ޓީވީ
  • 3 ވަނަ އަށް، ސެމްސަންގް ސައުންޑްބާ އެއް ސަބްވޫފަރާ އެކު

މީޑިއާ ނެޓުން ބުނީ މިހިނގާ ޑިސެމްބަރު މަހަކީވެސް މީޑިއާނެޓުގެ ޗެނަލްތަކުން ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ފޯރިގަދަ މެޗުތައް އަދިވެސް އެހެނިހެން ކޮންޓެންޓް ފެނިގެންދާނެ މަހެއް ކަމަށެވެ.

އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ފޯރިގަދަ ހަތަރު ފުޓުބޯޅަ ލީގުގެ މެޗުތައް އައިސް ޓީވީން ވަގުތުން ބަލާލެވޭ އިރު ދިވެހިންގެ ތެރޭގައި މަގުބޫލު ސީރީޒްތަކާއި އިންޑިއަން އައިޑަލް ފަދަ ރިއަލިޓީ ޝޯތަކުގެ އެޕިސޯޑުތަކާއި ފަހުގެ ފިލްމުތައްވެސް ހިމެނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކާޓޫން ޕްރޮގްރާމްތައް "މޫންބަގް" ޗެނަލް މެދުވެރިކޮށް ފެންނާނެ ކަމަށާއި އޭގެ އިތުރުން ދީނީ ހާއްސަ ޕްރޮގްރާމްތަކެއް "ދާރިސް ޓީވީ" ޗެނަލް މެދުވެރިކޮށް މި ޑިސެމްބަރު މަހު މީޑިއާނެޓުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް ބުންޏެވެ.

މީޑިއާނެޓް ޕެކޭޖެއް ނަގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މީޑިއާނެޓުގެ "ކުއިކް ޕޭ" ޕޯޓަލް، މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox