ހާފްލައިން، އާބަންކޯ، ބީޖީ އަދި ގުޑީސް ކުއާޓާ އަށް

Dec 7, 2023, 5:07 AM
އާބަންކޯ އާއި ޕިނަކްލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާބަންކޯ އާއި ޕިނަކްލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުން ކްލަބް ހާފްލައިންލިންކްއޭޖް އާއި ކްލަބް އާބަންކޯ، ބީޖީ ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބް ވަނީ ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް ހާފްލައިން ވަނީ މޮޅުވެފަ އެވެ. ހާފްލައިން އިން ބްރަދަހުޑް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ތިން ސެޓުން މޮޅުވިއިރު، ސެޓުތައް ގެންގޮސްފައިވަނީ 25-10، 25-15 އަދި 25-19 އިންނެވެ. މޮޅު ކުޅުންތެރިއަކީ ހާފްލައިންގެ އަހުމަދު ޝަރީފް އެވެ.

ގްރޫޕް ބީގައި ހިމެނޭ އާބަންކޯ އިން ކުޅުނު ދެ ވަނަ މެޗުގައި ވަނީ ޕިނަކްލް ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ވަރުގަދަ ސްކޮޑަކާ އެކު މި ފަހަރުގެ މުބާރާތަށް ކުރިމަތިލި އާބަންކޯ އިން ސެޓުތައް ގެންދިޔައީ 25-08، 25-15 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާބަންކޯ ޓީމުގެ ޝަމާއިލް ހުސެއިން އެވެ.

އެ ގްރޫޕްގައި އާބަންކޯ ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ޑަބްލިއު ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.

ގްރޫޕް ސީގައި ގުޑީސް އާއި ބީޖީން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ބާކީ މެޗެއް އޮއްވައި، ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފަ އެވެ.

ވިިލިނގިލީ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ބީޖީން ކުޅުނު މެޗުގައި އެ ޓީމުން ސެޓުތައް ގެންގޮސްފައިވަނީ 25-15، 25-21 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބީޖީގެ އަބްދުލްޝުކޫރު އަބްދުލް ސައްތާރު އެވެ. ގުޑީސް ކުޅުނު މެޗުން ވަނީ ޔޫތު ނިއު ޖެނެރޭޝަން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ގުޑީސް އިން ސެޓުތައް ގެންދިޔައީ 25-19، 25-11 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާދަމް އަހުމަދު އެވެ.

އެސޯސިއޭޝަން ކަޕްގައި މިއަދު އޮތީ 12:15 ގައި އެސްޕަޔާ ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އާއި ވޮލީބޯލް ފެމިލީ އެސޯސިއޭޝަން ކުޅޭ މެޗާއި 14:15 ގައި ރަންވެލި ސްޕޯޓްސް ކްލަބް އާއި ޔޫތު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗާއި 16:15 ގައި އާބަންކޯ އާއި ޑަބްލިއު ސްޕޯޓްސް ކްލަބް ކުޅޭ މެޗާއި މިރޭ 20:15 ގައި ގުޑީސް އާއި ބީޖީ ކުޅޭ މެެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox