ހުޅުމާލެއިން ބްރިޖާ ހަމައަށް އޮންނަ ހައިވޭގައި ކަރާކާއި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި، ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެގެން، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަނިޔާވީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގި އިރު ދެ އުޅަނދު ވެސް ދުއްވަން ތިބީ ލައިސަންސް އޮންނަ މީހުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެކަކަށް އަނިޔާވެ މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރެވެ. އަދި އޭނާގެ ލޭ ފައިބަމުންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މީގެ އިތުރުން ދުރަށް ވިއްސައިގެން ގޮސްފައި އޮތް ސައިކަލެއް ވެސް ވީޑިއޯއިން ފެނެ އެވެ.













