ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެންޖީއޯތަކަށް ދިރާގު ރޯޑް ރޭހުން ބޮޑު އެހީއެއް

ދިރާގުގެ ސީއީއޯ އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ޕާޓްނަރު އެންޖީއޯތަކުގެ މެމްބަރުން --- ފޮޓޯ: ދިރާގު

ދިރާގުގެ ސީއީއޯ އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ޕާޓްނަރު އެންޖީއޯތަކުގެ މެމްބަރުން --- ފޮޓޯ: ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެންޖީއޯ އަކަށް 635,000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސްވެސް ހާއްސަ ކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ވަނީ ފޯރުކޮށްދީފަ އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި ދިރާގުންވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 އެންޖީއޯއަކާއެކު ޕާޓްނާޝިޕް ގާއިމުކޮށްފަ އެވެ.

އަދި ކޮންމެ ދުވުންތެރިއެއްވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު، އިހްތިޔާރު ކުރާ އެންއެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެެވެ. މިގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓް ކުރެވުނު ފަސް އެންޖީއޯއަކަށް ބެހިގެންދާގޮތަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާކުރި އެވެ.

މީގެ އިތުރުން ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރު އެންޖީއޯތަކަށް ބެހިގެންދާގޮތަށް ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ 435،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

އެގޮތުން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ 635000 ރުފިޔާ ވަނީ އެންޖީއޯތަކަށް ވަނީ ހަދިޔާކޮށްފައެވެ.

ދިރާގުން ބުނިގޮތުގައި އެކުންފުނީގެ އުއްމީދަކީ މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފެށުމަށް މަގުފަހިވެގެންދިއުމެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެ ޖަމިއްޔާތަކުގެ ޕްލޭންތައް ފެށުމަށް ހިތްވަރު ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ރޯޑް ރޭހުގެ ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު 5 އެންޖީއޯ:

  1. ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް
  2. އާކް-އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން
  3. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
  4. ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
  5. މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ އިތުރު އެންޖީއޯ ތަކަކީ:

  • ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
  • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)
  • ކެއާ ސޮސައިޓީ
  • މޮމްސް އެއިޑް
  • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތްލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 25 އޮކްޓޫބަރު 2024 ގައި ބާއްވާނެކަމަށް އިއުލާނުކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox