މައްސަލަ ރައްދުވާ އިދާރާތަކުން އިންޓެގްރިޓީ ކޮމިޝަނަށް އެއްބާރުލުމެއް ނުދޭ: އޮޑިޓް އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުން ހުވާކުރައްވަނީ: ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފޮނުވިފައި ނުވޭ -- ފޮޓޯ/ރައީސް އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުން ހުވާކުރައްވަނީ: ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފޮނުވިފައި ނުވޭ -- ފޮޓޯ/ރައީސް އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ހިންގާ ތަހުގީގުތަކުގައި މައްސަލަތައް ރައްދުވާ އިދާރާތަކުން އެންމެ ފުރިހަމައަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން މައްސަލަތައް ސާބިތު ކުރެވޭ މިންވަރަށް ތަހުގީގަށް ހެކި ނުހޯދޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން އެންއައިސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އާންމުކުރި ރިޕޯޓުގައިވާ ގޮތުގައި އެ އޮފީހަށް ވަނީ އެންއައިސީގެ ގިނަ މައްސަލަތަކެއް ފާހަގަކުރެވި އެވެ. އޭގެ ތެރޭގައި ތަހުގީގުތައް ދިގުލައިގެންދާ މައްސަލަ އާއި ތަހުގީގުތައް ހިންގާ ނިޒާމުގައި ހުރި އުނި ކަންކަން ހިމެނެ އެވެ.

އޮޑިޓުން ފާހަގަވާ އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ މައްސަލަތައް ރައްދުވާ އިދާރާތަކުން އެއްބާރުލުން ނުދޭ މައްސަލަ އެވެ. އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއީ އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިންގާ ގާނޫނާ ގަވާއިދާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކޮމިޝަނެވެ.

އެކަމަކު މައްސަލަތައް ރައްދުވާ އިދާރާތަކުން އެއްބާރުލުން ނުދޭތީ، ހެކި ނުލިބި ގިނަ މައްސަލަތަކެއް ނިންމަން ޖެހޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި ކަމާ ގުޅޭ އިދާރާތަކުން ފުރިހަމަ ހެއްކާއި ގަރީނާ ހިއްސާ ނުކުރުމާއި އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްނުދިނުމުގެ އިތުރުން މައުލޫމާތު ފޯރުކޮށްނުދީ ހިފެހެއްޓުމުގެ ސަބަބުން ތަހުގީގުތަކަށް ހުރަސް އެޅޭ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މި ސަބަބުތަކާ ހުރެ ކޮމިޝަން އުފެދުނީއްސުރެން މިއަދާ ހަމައަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްވެސް މައްސަލައެއް ފޮނުވިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.

މިކަން އިސްލާހުކުރަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާ ދެއްވީ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ދަތިވާ ހާލަތްތަކުގައި މައުލޫމާތު ހޯދުމަށްޓަކައި ގާނޫނާ އެއްގޮތަށް އަމަލުކުރުމާއި، އެކަންކަން ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށެވެ. އެއަށް ފަހު ވެސް އެއްބާރުލުން ނުދޭ ހާލަތްތަކުގައި އެއްބާރުލުން ނުދޭ މުއައްސަސާތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އަންގަމުން ދިއުމަށް ވަނީ ލަފާދީފަ އެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތަކުގައި ދުރާލާ އެޅޭ ފިޔަވަޅެއްގެ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގޭ ގޮތާއި ބާވަތާއި އަމަލުތައް ހިންގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރުމަށާއި، މި ދިރާސާތަކުގެ ނަތީޖާއިން އެންމެ ހިރާސް ބޮޑު ކަންކަމަށް މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް އޮޑިޓުގައި ލަފާ ދީފައިވެ އެވެ.

އިންޓެގްރިޓީ ކޮމިޝަނާ ގުޅޭ އޮޑިޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކޮމިޝަނުން އިބްތިދާއީ ތަހުގީގުތައް ކުރިއަށް ގެންދާނެ ގޮތް ބަޔާންކުރާ ހަރުދަނާ އުސޫލެއް އަދި ނިޒާމެއް ގާއިމްވެފައި ނުވުން
  • މައްސަލަތަކަށް އިސްކަންދޭ ތަރުތީބެއް ނެތުމާއި އިންވެސްޓިގޭޓަރުންގެ އަތުގައި ގިނަ މައްސަލަތަކެއް (ކޭސްތަކެއް) ހުރުމާ ގުޅިގެން ތަހުގީގުތައް ދިގުލައިގެން ދިއުން
  • ދައުލަތުގެ އެކި އިދާރާތަކަށް ލަފާ ދިނުމަށް ފަހު، މި ހުށަހެޅުންތައް ފޮލޯއަޕްކޮށް މޮނިޓާ ކުރާނެ ގޮތް ބަޔާންކޮށް އުސޫލެއް އެކުލަވާލާފައި އަމަލުކޮށްފައި ނުވުން
  • ކޮމިޝަނުން އިސްނަގައިގެން ބަލާނެ މައްސަލަތައް ކަނޑައެޅުމާއި ސަމާލުކަމަށް ގެނައުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައި މިންގަނޑެއް ގާއިމްވެފައި ނެތުން

މައްސަލަތަކެއް ހުރި ނަމަވެސް، ވޭތުވި ތިން އަހަރެހްހާ ދުވަހުގެ ތެރޭގައި ތަހުގީގުތައް ހިންގާ ދުވެލި އަވަސްކުރުމާއި ބެކްލޮގްގައި ހުރި މައްސަލަތައް ނިންމުމުގައި އިންޓެގްރިޓީ ކޮމިޝަނުން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެެވެ.

އެގޮތުން ކޮމިޝަން އުފެއްދުމަށް ފަހު 2015 އިން 2019 އާ ދެމެދު ކޮންމެ އަަހަރެއްގައި ނިންމިފައި ވަނީ ތަހުގީގުކުރަމުން ދިޔަ މައްސަލަތަކުގެ 25 ޕަސެންޓަށް ވުރެ މެދުންނެވެ. މިއާ ގުޅިގެން ބެކްލޮގް މައްސަލަތައް ހުރީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނަމަވެސް 2020 އާއި 2021 ގައި ގިނަ މައްސަލަތަކެއް ނިންމާ، ބެކްލޮގް މަދުކުރުމުން އޮޑިޓު ކުރި މުއްދަތުގެ ނިޔަލަށް ކޮމިޝަނުން ވަނީ ރަޖިސްޓްރީ ކޮށްފައިވާ 937 މައްސަލައިގެ ތެރެއިން 774 މައްސަލަ ނިންމާފަ އެވެ. އެއީ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ 83 ޕަސެންޓެވެ. ބެކްލޮގްގައި ހުރި މައްސަލަތައް ނިންމަން އެންމެ ބޮޑަށް ފަހިކޮށްދިނީ 2020 އިން ފެށިގެން އޮންލައިންކޮށް ބަޔާން ނަގަން ފެށުމެވެ.

އިންޓެގްރިޓީ ކޮމިޝަނަށް ތަހުގީގު ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން ތަހުގީގުތަކާއި ކޮމިޝަނުން ކުރާ ދިރާސާތަކާއި އިންޕެކްޝަން ދަތުރުތަކާ ގުޅޭ އުސޫލުތައް މިހާރަށް ވުރެ ހަރުދަނާކޮށް، ކޮމިޝަނުގެ ލިޔެކިޔުން ބެލެހެއްޓުމަށާއި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަތައް ބަލައި، ދެނެގަނެ، ދުރާލާ ފިޔަވަޅުތަކެއް އެޅޭ ގޮތަށް މަސައްކަތްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބައްޓަންކުރުމަށް އޮޑިޓުގައި ވަނީ ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox