އިޒްރޭލުގެ ގަތުލުއާއްމުގެ ސަބަބުން ތެލުގެ އަގު ރެކޯޑް އަދަދަކަށް އުފުލިދާނެ

އިޒްރޭލުގެ ގަތުލުއާއްމުގެ ސަބަބުން ތެލުގެ އަގު ރެކޯޑް އަދަދަކަށް އުފުލިދާނެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމު ދިގުލައިގެން ގޮސްފިނަމަ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު އަދަދަކަށް އުފުލިދާނެ ކަމަށް ދުނިޔޭގެ ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން ވޯލްޑްބޭންކުން ހެދި އެސެސްމެންޓް ރިޕޯޓުގައި ބުނީ އެ ހަނގުރާމަ އިތުރަށް ވަރުގަދަވެއްޖެނަމަ ތެލުގެ ސަޕްލައި އަށް ބުރޫ އަރައި ތެޔޮ ފީފާއެއްގެ 150 ޑޮލަރަށް ވުރެ މައްޗަށް އަރާފާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވާގޮތުގައި އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި ދުވާލަކު ހަ މިލިއަނާއި އަށް މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް ދަށްވާނެ އެެވެ.

ތެލުގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ އަދަދަކީ މިހާތަނަށް ދުނިޔާގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ މިންވަރެކެވެ. މިހާރު ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 90 ޑޮލަރުގައި ހުރިއިރު 140 ޑޮލަރާއި 157 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލިދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އެއާ އެންމެ ގާތްކުުރާ އަދަދަކަށް ތެލުގެ އަގު އުފުލިފައިވަނީ 2008 ވަނަ އަހަރު އެވެ. އޭރު ތެޔޮ ފީފާއެެއްގެ އަގު 147 ޑޮލަރަށް އުފުލުނެވެ.

އެ ބޭންކުން އެންމެ ފަހުން ނެރުނު ކޮމޯޑިޓީ މާކެޓް އައުޓްލުކްގައި ބުނެފައިވާގޮތުން ދުނިޔޭގެ އިގްތިސާދަށް ލިބޭ މިފަދަ ޝޮކަކީ ހަކަތައިގެ އަގުތަކަށް އެކަނި ލިބޭނެ ޝޮކެއް ނޫނެވެ. އެ ޝޮކުގެ ސަބަބުން ކާބޯތަކެތީގެ އަގުވެސް ބޮޑުތަނުން އުފުލި އެތައް ސަތޭކަ މިލިއަން ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިވާނެ ކަމަށް އެ ރިިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ސަބަބުން މިހާތަނަށް ތަކެތީގެ އަގަށް މާބޮޑު އަަސަރެއް ނުކުރެ އެވެ. އެގޮތުން ތެލުގެ އަގު ގާތްގަނޑަކަށް ހަ ޕަސެންޓަށް އުފުލުނު ނަމަވެސް ދަނޑުވެރިކަމުގެ ބާވަތްތަކާއި މައުދަނާއި އެހެނިހެން ބާވަތްތަކުގެ އަގުތައް ހުރީ ދަށް މިންވަރެއްގައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ނަމަވެސް އެ ހަނގުރާމަ އިތުރަށް ހޫނުވެ ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ ކޮމޮޑިޓީ މާކެޓް އައުޓްލުކް ހީނުކުރާހާ އަވަހަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ވޯލްޑްބޭންކުން ވަނީ އިންޒާރު ދީފަ އެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox