ރެއާލް މެޑްރިޑާއި ބަޔާން ގަދަ 16 އަށް، ހިތްދަތި ގޮތަކަށް ޔުނައިޓެޑު ބަލިވެއްޖެ

Nov 9, 2023, 5:12 AM
ރެއާލް މެޑްރިޑާއި ބަޔާން ގަދަ 16 އަށް، ހިތްދަތި ގޮތަކަށް ޔުނައިޓެޑު ބަލިވެއްޖެ

މެޑްރިޑް (ނޮވެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ރެއާލް މެޑްރިޑާއި، ބަޔާން މިޔުނިކް މޮޅުވި އިރު، ހިތްދަތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް އިން ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ސްޕޯޓިން ބްރާގާ ބަލިކޮށްފަ އެވެ. ބަޔާން މިޔުނިކުން 2-1 އިން ގެލެޓަސަރާއީ ބަލިކުރިއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ކޮޕެންހޭގަން އަތުން 3-4 އިން ބަލިވެފަ އެވެ.

ރެއާލް މޮޅުވި މެޗުގައި އެޓީމްގެ ގޯލުތައް ޖަހައިދިނީ ބްރަހިމް ޑިއާޒް، ވިނީޝިއަސް ޖޫނިއާ އަދި ރޮޑްރީގޯ އެވެ. ރޭގެ މެޗުގައި ރެއާލްގެ އިންގްލެންޑް ތަރި ޖޫޑް ބެލިންހަމް ނުކުޅެ އެވެ.

Advertisement

މި މެޗަކީ ރެއާލް އިން އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގައި ޖެހި ޖެހިގެން މޮޅުވި އަށްވަނަ މެޗެވެ. އަދި މި މޮޅާއިއެކު އެޓީމް ވަނީ ޖެހިޖެހިގެން 26 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއްވަނައިގައި ރެއާލް އޮތީ 12 ޕޮއިންޓާއިއެކުގަ އެވެ. ދެވަނައިގައި ނަޕޯލީ އޮތީ ހަތް ޕޮއިންޓާއިއެކުގަ އެވެ. އެޓީމް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކުރަން ބާކީ އޮތް ދެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ބަޔާން މިޔުނިކުން 2-1 އިން ގެލަޓަސަރާއީ ބަލިކުރި މެޗުގައި ބަޔާންގެ ދެ ގޯލުވެސް ޖަހައިދިނީ ހެރީ ކޭން އެވެ. މި ދެ ގޯލާއިއެކު ހެރީ ކޭން ބަޔާނަށް ކުޅުނު 15 މެޗުގައި ޖެހި ގޯލުގެ އަދަދު ވަނީ 19 އަށް އަރާފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ޔުނައިޓެޑް ވީ ބައްޔާއިއެކު އެޓީމްވަނީ ގްރޫޕްގެ ފުލަށް ވެއްޓިފަ އެވެ. އެޓީމް ކުރިއަށް އޮތް ދެ މެޗުން ކުރެ މެޗަކުން ބަލިވެއްޖެ ނަމަ ޗެމްޕިއަންސް ލީގުން ކަޓާނެ އެވެ.

ރޭ ރަށުން ބޭރުގައި ކޮޕެންހޭގަން އަތުން 3-4 އިން ބަލިވި މެޗުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް ވަނީ ރަތް ކާޑެއްވެސް ދައްކާފަ އެވެ. 10 ކުޅުންތެރިންނާއިއެކު ޔުނައިޓެޑް ދެވަނަ ހާފު ކުޅުނުއިރު، މެޗުގެ 83 ވަނަ މިނެޓާ ހަމައަށް އެޓީމް އޮތީ 3-2 އިން ލީޑުގަ އެވެ. ނަމަވެސް 83 ވަަނަ މިނެޓުގައި ޖެހި ގޯލާއި 87 ވަނަ މިނެޓުގައި ކޮޕެންހޭގަން އިން ޖެހި ގޯލާއިއެކު މި މެޗުން ޔުނައިޓެޑް ބަލިވީ އެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕް އެއްވަނައިގައި ބަޔާން އޮތީ 12 ޕޮއިންޓާއިއެކުގަ އެވެ. ދެވަނައިގައި އޮތް ކޮޕަންހޭގަން އާއި ތިން ވަނައިގައި އޮތް ގެލެޓަސަރާއީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތީ ތިން ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލުން ވަނީ 2-0 އިން ސެވިއްޔާ ބަލިކޮށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ގަދަ 16ގެ ޖާގަ ޔަގީންކުރަން ކުރިއަށް އޮތް ދެ މެޗުން އާސެނަލަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ޑީގައި އިންޓަ މިލާން އާއި ރެއާލް ސޮއިއެޑާޑުވެސް އޮތީ ދެވަނަ ބުރާ ގާތުގަ އެވެ. ދެ ޓީމްވެސް 10 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ސާލްޒްބާގަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox