ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދޭ އަދި ހިލޭ ރައުޓަރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފި އެވެ.
މި ޕްރޮމޯޝަނާއެކު ނޮވެންބަރު 21، ގެ ކުރިން ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ ކާ" ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މި ޕްރޮމޯޝަނާއެކު ދިރާގު ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.
ޓެސްލާ ކާ ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގެ ގޭބިސީގެ 91 ޕަސެންޓަށް ފޯރުކޮށްދެވިފައިވާ، ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.
މި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.











