އުފަން ދުވަސް ކޯލީ ފާހަގަކުރީ ރެކޯޑަކުން

Nov 6, 2023, 5:26 AM
އުފަން ދުވަސް ކޯލީ ފާހަގަކުރީ ރެކޯޑަކުން

ކޮލްކަތާ (ނޮވެމްބަރު 6) - އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ އޭނާގެ 35 ވަނަ އުފަން ދުވަހު، ބައިނަލްއަގްވާމީ އެއް ދުވަހުގެ ކްރިކެޓްގައި އެންމެ ގިނަ ސެންޗަރީ ހެދި ސަޗިން ޓެންޑުލްކަރުގެ ރެކޯޑާ ހަމަކޮށްފި އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ އޯޑީއައި ވޯލްޑް ކަޕްގައި އިއްޔެ ސައުތު އެފްރިކާއާ ދެކޮޅަށް ކުޅެ ވިރާތު ހެދި ސެންޗަރީ އަކީ އޭނާގެ ކެރިއަރުގެ 49 ވަނަ ސެންޗަރީ އެވެ.

ކޮލީ އޭނާގެ 49 ވަނަ ސެންޗަރީ ހެދީ ޓެންޑުލްކަރު ކުޅުނު މެޗުތަކުގެ އަދަދަށްވުރެ 174 މެޗު މަދުން ކުޅެގެންނެވެ.

ސައުތު އެފްރިކާ އާއި އިންޑިއާ ވާދަކުރި މެޗުން އިންޑިއާ މޮޅުވީ 243 ލަނޑުންނެވެ. ފުރަތަމަ ކުޅެން އަރައި އިންޑިއާއިން 326 ލަނޑު ހެދިއިރު، ކޯލީ ވަނީ ނުބައިނުވެ 101 ލަނޑު ހަދާފަ އެވެ. ދެން އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 87 ބޯޅައިން 77 ލަނޑު ހެދި ޝްރެޔަސް އައްޔަރު އެވެ.

މި މެޗުގައި ވިރާތު ކޯލީ ދެއްކި މޮޅު ކުޅުމާ އެއްވަރަށް އެޓީމްގެ ބޯލަރުންވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. މިގޮތުން ސައުތު އެފްރިކާއަށް 83 ލަނޑު ހެދުނުއިރު، އިންޑިއާ އިން ވަނީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްފަ އެވެ.

އިންޑިއާގެ ރަވިންދްރަ ޖަޑޭޑާ މި އިނިންގްސްގައި ފަސް ވިކެޓު ނެގިއިރު، މުހައްމަދު ޝަމީ އާއި ކުލްދީޕް ޔާދަވް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނަގައިފަ އެވެ.

އިންޑިއާގެ މި މޮޅާ އެކު އެޓީމުން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފަ އެވެ. އަށް މެޗު ބަލިނުވެ ހަމަކުރިއިރު ލީގު ބުރުގެ އެއް ވަނަ އެޓީމުން ވަނީ ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތީ ސައުތު އެފްރިކާ އެވެ. މިހާތަނަށް ސެމީގެ ޖާގަ ޔަގީންކޮށްފައިވާ ދެ ޓީމަކީ ވެސް މިއީ އެވެ. ސެމީ ފައިނަލްގެ ފަހު ދެ ޖާގަައެއް ހަތަރު ޓީމެއް އެބަ ވާދަކުރެ އެވެ. އެއީ އޮސްޓްރޭލިއާ، ނިއުޒީލެންޑް، ޕާކިސްތާން އަދި އަފްގާނިސްތާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox