ލިޓަން މަރާލި ކަމަށް ބުނާ ދައުވާ: ދައުލަތުގެ ހެކިތަކެއް ސިއްރުކުރަން އެދިއްޖެ

ލިޓަން މަރާލުމުގެ ދައުވާކޮށްފައިވާ ނިޒާމް؛ ދައުލަތުގެ ހެކިތަކެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވޭ

ލިޓަން މަރާލުމުގެ ދައުވާކޮށްފައިވާ ނިޒާމް؛ ދައުލަތުގެ ހެކިތަކެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވޭ

ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު ލިޓަން، 35، މަރާލި ކަމުގެ ތުހުމަތުގައި ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެ އެވެ.

ފުރަތަމަ މި މައްސަލަ ފެންމަތިވީ, ފިއުލް ޕަވާ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝަށް ނިސްބަތްވާ ލިޓަން އަދި ނިޒާމް ގެއްލިގެން ހޯދަން ފެށި ހިސާބުންނެވެ. ނިޒާމު ފެނުނު ނަމަވެސް ލިޓަން އަދިވެސް ނުފެނެ އެވެ.

ދައުލަތުން ތުހުމަތު ކުރަނީ، ލިޓަންއަށް ނޭގި ހުއްޓާ އޭނާ މޫދަށް ކޮއްޕާލައިގެން އޭނާ މަރާލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ޑިސެމްބަރު 28، ގެ 19:00 އާ 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެ ތުހުމަތުގައި ނިޒާމުގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

ދޯނިން 51،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި ނިޒާމުގެ މައްޗަށް ވައްކަމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އަދި, މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް ވެސް އުފުލާފައިވެ އެވެ.

މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ގެންދަވަނީ ގާޒީ މުހައްމަދު މިސްބާހެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުގެ ފަރާތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ.

ނަމަވެސް, މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ނުލިބޭތީ ނިޒާމުގެ ދިފާއީ ވަކީލު މަޖީދު އަލީ އެދިވަޑައިގަތީ ލިޔެކިޔުންތައް ހަމަކުރުމަށް ފަހު ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭ ގޮތެއް ނިންމުމުގެ ބައި ކުރިއަށް ގެންދިއުމަށެވެ.

ޝަރީއަތުން ނިންމީ ލިޔެކިޔުންތައް ހަމަކުރުމަށް ޓަކައި އިދާރީ ވަކި އަޑުއެހުމެއް ބޭއްވުމަށެވެ. އެ އަޑުއެހުން އަންނަ ނޮވެމްބަރު 1، އިން ފެށިގެން 5، ގެ ދެމެދުގެ ތާރީހެއްގައި ބޭއްވުމަށް އެއްވެސް ފަރާތަކުން އިއުތިރާޒު ނުކުރާތީ އެ ގޮތަށް ނިންމުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

މަސްލައިގެ ފަސްފަހަތް؛

ޑިސެމްބަރު 28، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދި ހޯދުމުން އެނގުނު ގޮތުގައި އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.

ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. ނިޒާމް އަދިވެސް ބަންދުގައި ހުރި އިރު، އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ލިޓަންގެ ހަށިގަނޑު ނުފެނުނު ނަމަވެސް ނިޒާމުގެ އަމަލުތަކަކީ މީހަކު މަރާލުމުގެ އަމަލެއް ކަން ޝަރީއަތަށް ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox