ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމްއަށް ވަދެއްޖެ

Oct 22, 2023, 4:44 AM
އެފްއޭއެމްގެ ރައީސް ބައްސާމް: ފުލުހުންގެ ތަހުގީގު ހިންގުމަށް އަމުރު ކުރީ ޕީޖީ އޮފީހުން -- ފޮޓޯ: އަދަދު ފައިލް

އެފްއޭއެމްގެ ރައީސް ބައްސާމް: ފުލުހުންގެ ތަހުގީގު ހިންގުމަށް އަމުރު ކުރީ ޕީޖީ އޮފީހުން -- ފޮޓޯ: އަދަދު ފައިލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިނގާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އިދާރާގެ އޮފީހަށް މިއަދު ވަދެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ތަހުގީގު ހިންގުމަށް އަމުރުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. އެނގިފައިވާ ގޮތުގައި މިވަގުތު ތަހުގީގު ކުރަމުން އަންނަނީ، އެ އިދާރާއަށް ބޭރުން ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބެލެވޭ މައްސަލައެކެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުން އެނގޭ ގޮތުގައި މިއީ އެފްއޭމްއަށް "އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ" މައްސަލައަކާ ގުޅިގެން ފުލުހުންގެ މައްޗަށް ނެރެފައިވާ ތަހުގީގު އަމުރެކެވެ.

Advertisement

އަދި, މި މައްސަލައާ ގުޅިގެން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި، ވައްކަމާއި، ހިޔާނާތާއި، މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއް ހިނގަމުންދާނަމަ އެކަމެއް ތަހުގީގުކޮށް, ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެ އޮފީހަށް ފޮނުއްވުމަށް ޕީޖީން އަމުރުކޮށްފައިވެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ އެފްއޭއެމް ބަލައި ފާސް ކުރަނީ ޕީޖީއިން އަންގައިގެން "މާލީ މުއާމަލާތްތަކަކާ ގުޅޭ ހެކި ހޯދުމަށް" ކަމަށެވެ.

ފުލުހުން އެފްއޭއެމްގެ އޮފީސް ބަލަމުންދާއިރު، އެތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އޮފީސް ތެރޭގަ އެވެ. އޭނާއާއެކު އެތަނުގެ ބައެއް އެހެން މުވައްޒަފުން ވެސް އޮފީސް ތެރޭގައި އެބަ ހަރަކާތްތެރިވެ އެވެ.

އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެ އެތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެ އިދާރާ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެފްއޭއެމް ހިންގަމުން އަންނަނީ ތަނުގެ މުވައްޒަފުންނާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ވެސް ނުދީ އެވެ.

އޭގެ އިތުރުން ދަރަންޏަށް ހޯދާފައި ހުރި ހިދުމަތްތަކާއި ގަނެފައިވާ މުދަލަށް ވެސް ފައިސާ ނުދައްކާ އެތައް މައްސަލައެއް ފެންމަތިވެފައިވެ އެވެ. އަދި އެހީގެ ގޮތުގައި ކުޅުންތެރިންނަށް ހަދިޔާ ކުރަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ދިން 500،000ރ. އާއި އެސްޓީއޯއިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. ވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox