މެންޗެސްޓާ (އޮކްޓޫބަރު 15) - ލޯން އެއްބަސްވުމެއްގެ ދަށުން ގެޓަފޭ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑަށް، މެންޗެސްޓާ ޔުނައިޓެޑްގައި މުސްތަގުބަލު އެބައޮތް ކަމުގެ އިޝާރާތެއް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް، ރިޗަޑް އާނޯލްޑް ދެއްވައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ގެވެށި އަނިޔާއެއްގެ މައްސަލައެއްގައި ގްރީންވުޑް ،21، ހައްޔަރުކުރުމާ އެކު، ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. ގްރީންވުޑްގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔަ ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހު ޕްރޮސެކިއުޓަރުން ވަނީ ދައުވާތައް އަނބުރާ ގެނެސްފަ އެވެ. ދައުވާ އަނބުރާ ގެނައީ މުހިންމު ބައެއް ހެކިވެރިން ހެކި ބަސް ދޭން ބޭނުންނުވުމާއި އިތުރު ހެކިތަކެއް ފެނިފައިވާތީ އެވެ.
ޔުނައިޓެޑާ އެކު، 2025 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ގްރީންވުޑް އަންނަނީ ލޯން ޑީލެއްގެ ދަށުން ގެޓަފޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޔުނައިޓެޑުންގެ ސަޕޯޓަރުންގެ ފޯރަމްގައި ގްރީންވުޑާ ގުޅޭގޮތުން އާނޯލްޑާ އަމާޒުވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ހާލަތުގައި ކަންކަން ހުރި ގޮތަށް ބަލާފައި، އެންމެ ރަނގަޅު ގޮތް ކަމަށް ނިންމީ ގްރީންވުޑް އަލުން ކުޅެން ފެށުން ރަނގަޅީ ޕްރެޝަރު ކުޑަ މާހައުލެއްގައި ކަމަށެވެ.
"އެއީ އެ ވަގުތަށް އެންމެ ރަނގަޅު ނިންމުން. އެކަމަކު، ހާލަތާއި އެހެނިހެން ކަންކަމަށް ބަލާފައި އެންމެ ރަނގަޅު ހައްލު ލިބޭނެ ގޮތަކަށް ކަންކަން ކުރަން ނިންމުން ބަދަލުވާނެ. ފާޑުކިޔުންތަކާއި ގޮންޖެހުންތަކާއި އެހެން ހުރިހާ ވާހަކަތަކެއް ވެސް އަހަރެމެން އެ ތަހުގީގުތެރޭގައި އަޑުއެހިން، މިހާރު އެ އޮތީ މި ވަގުތު އެންމެ ރަނގަޅު ގޮތަށް ކަންކަން ކުރެވިފައި،" އާނޯލްޑް ވިދާޅުވި އެވެ.
"ފެންނަ ކަންކަމަށާއި ހާލަތަށް ބަލާއިރު އަދިވެސް ގްރީންވުޑްގެ ކެރިއަރު ޔުނައިޓެޑާ އެކު ކުރިއަށްގެންދެވޭނެ،"
އާނޯލްޑް ވިދާޅުވީ ގްރީންވުޑްގެ މައްސަލައިގެ ތެެރެއިން ޔުނައިޓެޑުން ވެސް ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށާއި އޭގެ ފައިދާ މިހާރު ދިމާވެފައި އޮތް އެންތަނީގެ ގެވެށި އަނިޔާގެ މައްސަަލައިގެ ކަންކަން ހައްލު ކުރުމުގައި ކުރާ ކަމަށެވެ.












