ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި މޮޅެއް ނުލިބުނަސް ރާއްޖެ އަށް ކުރިއެރުން

Oct 7, 2023, 5:56 AM
ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި މޮޅެއް ނުލިބުނަސް ރާއްޖެ އަށް ކުރިއެރުން

އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭގެ ކްރިކެޓް ކުޅުނު ހަ މެޗުން ބަލިވި ނަމަވެސް ޓީމުން ކުރިއެރުން ހޯދައިފި އެވެ.

ސަރަހައްދީ ކޮލިފައިންގައި ހިމެނެނީ ރާއްޖެ، ކުވެއިތު، ސައުދީ އަރަބިއްޔާ އަދި ގަތަރެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދައި ކޮލިފައިންގެ ފައިނަލުން ބުރުން ޖާގަ ހޯދީ ކުވެއިތެވެ. އެ ޓީމުން 10 ޕޮއިންޓް ހޯދިއިރު ދެވަނަ ހޯދި ސައުދީ އަރަބިއްޔާ އަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ކުވެއިތަށް ކުރި ލިބުނީ ނެޓް ރަން ރޭޓަށް ބަލާއިރު ކުރި ލިބުމުންނެވެ.

ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވީ 62 ލަނޑުންނެވެ. ދެ ވަނަ މެޗުގައި ކުވެއިތު އަތުން ހަތް ވިކެޓުން ބަލިވިއިރު، ތިން ވަނަ މެޗުގައި ގަތަރު އަތުން ބަލިވީ ނުވަ ވިކެޓުންނެވެ. ލީގު އުސޫލުން ދެ ބުރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު ބުރުގައި ސައުދީ އަރަބިއްޔާ އަތުން ރާއްޖެ ބަލިވީ ނުވަ ވިކެޓުންނެވެ. ކުވެއިތު އަތުން އަށް ވިކެޓުން ބަލިވިއިރު، ގަތަރު އަތުން ބަލިވީ 42 ލަނޑުންނެވެ.

ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނު މެޗަކީ ގްރޫޕް ފަހު މެޗެވެ. މި މެޗުގައި ގަތަރުން ކުޅެން އަރާ 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 207 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށަށް ކުޅުނީ 52 ލަނޑު ހެދި މުހައްމަދު ތަންވީރު އެވެ.

ރާއްޖޭގެ ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) މި އިނިންގްސްގައި ދެ ވިކެޓު ނެގި އެވެ. ލީމް ޝަފީގު، އަހުމަދު އަމީލް މައުރޫފް، އިބްރާހިމް ނަޝާތު އަދި އިބްރާހިމް ރިޒާން، ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގި އެވެ.

ރާއްޖެއިން ބެޓުކުރަން އަރައި 17.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. މި އިނިންގްސްގައި ކެޕްޓަން އާދަޅޭ 29 ބޯޅައިން 56 ލަނޑު ހަދައި، ހާފް ސެންޗަރީއެއް ހެދި އެވެ. އޭނާ ވަނީ ހަތަރު ބޯޅަ ހަތަރަކަށް ޖަހައި ހަތަރު ބޯޅަ ހަޔަކަށްވެސް ޖަހާފަ އެވެ.

މި އިނިންގްސްގައި އެހެން ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނު އިބްރާހިމް ޝައުފް ހަސަން ވަނީ 7 ބޯޅައިން 21 ލަނޑު ހަދާފަ އެވެ. އޭނާ ވަނީ ތިން ބޯޅަ ހަޔަކަށް ޖަހާފަ އެވެ.

މުބާރާތުގައި ރާއްޖެއިން ބެޓިން އަށް ބަލާއިރު އެންމެ ގިނަ ލަނޑު ހެދި މެޗަކީވެސް މިއީ އެވެ. އަދި ރާއްޖެއިން އެންމެ ގިނަ ވިކެޓު ނެގި މެޗަކީވެސް މިއީ އެވެ.

ޓީ20 ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމުން ގިނަ ލަނޑު ހެދި ކުޅުންތެރިއަކީ ކައުޝަލް ރޮޑްރިގޯ އެވެ. އޭނާ ވަނީ ފަސް މެޗުގައި 129 ލަނޑު ހަދާފަ އެވެ. އޭނާގެ ފަހަތުން ވައިސް ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު ޖަލީލް ވަނީ 119 ލަނޑު ހަދާފަ އެވެ. މީގެ އިތުރުން ކެޕްޓަން އާދަމް ވަނީ 117 ލަނޑު ހަދާފަ އެވެ.

ބޯލިންއަށް ބަލާއިރު ކެޕްޓަން އާދަމް ވަނީ ހަ މެޗުގައި ފަސް ވިކެޓު ނެގި އެވެ. ލީމް ޝަފީގު ހަތަރު ވިކެޓު ނެގި އެވެ. އަމީލް މައުރޫފް ވަނީ ހަ މެޗުގައި ތިން ވިކެޓު ނަގާފަ އެވެ.

މި މުބާރާތަކީ މިއަހަރުގެ ޖޫން މަހު ގައުމީ ޓީމާ ހަވާލުވި ކޯޗު ޕަސިންދު ލިޔަނާރަޗީ އާއިއެކު ގައުމީ ޓީމް ކުޅުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ޓީމުން ދެއްކި ކުޅުމަށް ބަލާއިރު، ގައުމީ ޓީމް ކުރިއަށްހުރި މުބާރާތްތަކަށް ތަމްރީންތައް ބައްޓަންކުރާނެ ގޮތްތައް ރާވާލަން ފަސޭހަވެއްޖެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ގަބޫލުކުރެ އެވެ.

މިއީ ގައުމީ ޓީމްގެ ކުޅުންތެރިން ލޯކަލް މުބާރާތްތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައި ކުޅޭ ފެންވަރު ވަޒަންކޮށްލަން ކޯޗު ޕަސިންދު އަށް ލިބުނު ރަނގަޅު މެޗުތަކެއްގެ ގޮތުގައި ވެސް ކްރިކެޓް ބޯޑުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox