ސަރުކާރުގެ ސަބްމެރިން ކޭބަލް ޑިސެމްބަރުގައި ޓެސްޓު ކުރަން ފަށަނީ

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ކޭބަލް އެއްގަންކޮށްފައިވާ ސަރަހައްދުގައި. މި ކޭބަލް ގުޅާލާނީ އޯޝަން ކަނެކްޓްގެ ލޭންޑިން ސައިޓާ --- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ކޭބަލް އެއްގަންކޮށްފައިވާ ސަރަހައްދުގައި. މި ކޭބަލް ގުޅާލާނީ އޯޝަން ކަނެކްޓްގެ ލޭންޑިން ސައިޓާ --- ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޓެސްޓު ކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

އައިއޭއެކްސްއަކީ އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގައެކެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަމުން ރިޔާޒު މިއަދު ވިދާޅުވީ ސަބްމެރިން ކޭބަލްއާ ގުޅޭ ޓެކްނިކަލް މައްސަލަތަކެއް ނެތް ކަމަށާއި ކޭބަލް ޓެސްޓުކުރަން ފަށަން މިހާރު ރާވާފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަަމަށެވެ.

"މި ކޭބަލްއަކީ ވަރަށް ދިގު ކޭބަލް އެއް. ބައިވަރު ސެގްމެންޓުތައް ހުންނާނެ. ބްރާންޗުތައް ހުންނާނެ. ޖިއޯ އިން މުޅި ކޭބަލް އެއްކޮށް ޓެސްޓުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޯސީއެމް-އައިއޭއެކްސް ކޭބަލްގެ ނަމުން ނަން ދެވިފައިވާ ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމް ގުޅިގެންނެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މައްސަލައެއް ދިމާނުވާ ނަމަ ކޭބަލް ޓެސްޓިން މަރުހަލާ އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ ދެތިން މަސް ދުވަހުގެ ތެރޭގަ އެވެ. އަދި އެ މަރުހަލާ ނިމުމުން މި ކޭބަލް ރަސްމީކޮށް ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި މި ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ. ސަރުކާރުން ބުނަނީ މި ކޭބަލްގެ ސަބަބުން މުސްތަގުބަލުގައި ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އައިއޭކްސް ކޭބަލް ރާއްޖެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދިގުމިނުގައި 19،200 ކިލޯމީޓަރުގެ މި ކޭބަލް ވިއުގަ ގުޅާލާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ސައުދީ އަރަބިއާ އަދި މިސްރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox