ކަސްޓަމަރުންނަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން މުޅިން އައު 5ޖީ ޓާބޯ ވައިފައި ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓާބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށެވެ. އަދި 5ޖީ ޓާބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ހާއްސަ 5ޖީ ބޫސްޓަރުތަށް ވެސް ކަސްޓަމަރުންނަށް ނެގޭނެކަމަށާއި، ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
މި އައު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގަކީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.










