ހުލާސާކޮށް އިއްޔެ: ނިޒާމީ ގަރާރު މަޖިލީހުން ބަލައިގަތުން

Sep 20, 2023, 2:56 AM
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު އިއްޔެ މަޖިލީހުގައި އިއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު އިއްޔެ މަޖިލީހުގައި އިއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި ވެރިކަން ހިންގާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމަކުންތޯ ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން އިއްޔެ ފާސްކުރި އެވެ.

ދަ ޑިމޮކްރެެޓްސްގެ ފަރާތުން އިލްޔާސް ހުށަހެޅުއްވި އެ ގަރާރު ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސް އިން އެދޭ ގޮތަށް އެ ގަރާރުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި އެމަނިކުފާނު އިއްޔެ ފުރަތަމަ ނިންމެވީ އެ ގަރާރުގެ ހުރިހާ މަސައްކަތްތަކެއް މިއަދުން މިއަދަށް ނިންމުމަށެވެ.

އެހެންވެ ގަރާރު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް ދިރާސާކޮށްގެން އަލުން ތަޅުމަށް ގެނެސް ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ ގަރާރުގެ ބަހުސް ފެށްޓެވި އިރު އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމަނިކުފާނު ފަހުން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީ އިއްޔެ ނުބާއްވަން ނިންމަވާފައިވާ ކަަމަށެވެ.

"ކޮމިޓީގެ މަސައްކަތް މާދަމާ ގެންދާ ގޮތަށް. އަޅުގަނޑު ހިތުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުން މަޝްވަރާކޮށް ވާހަކަ ދައްކަވަން އެބަ އެދިވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

ގަރާރު މުޅިމަޖިލީހުގެ ކޮމިޓީއަށް ގެންދަން ވެސް އިއްޔެ ޖަލްސާއިން ފާސްކުރި އެވެ.

އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށެވެ. ކަމަކާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމުން އެ ވޯޓު އިލެކްޝަންސް ކޮމިޝަނުން ނަގަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރައީސް ސޯލިހަށް ތާއިދު ހޯދުމަށް ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރައީސް ސޯލިހަށް ތާއިދު ހޯދުމަށް ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރައީސް ސޯލިހަށް ތާއިދު ހޯދުމަށް ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox