މަޝްހޫރު ބޯޑިން ހޯމް ހިންގެވި ކޮއްޓަފަރު ދޮންތު އަވަހާރަވެއްޖެ

ދޮންތު އަދި އަނބިކަނބަލުން: އެ ދެމަފިރިންގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ  އިނާމު ވެސް ދެއްވައިފަ -- ފޮޓޯ: ފައިލް

ދޮންތު އަދި އަނބިކަނބަލުން: އެ ދެމަފިރިންގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ އިނާމު ވެސް ދެއްވައިފަ -- ފޮޓޯ: ފައިލް

މާލޭގައި ހިންގި ކޮއްޓަފަރު ބޯޑިން ހޯމްގެ ބާނީ އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތު) މިއަދު އަވަހާރަވެއްޖެ އެެވެ.

ކޮއްޓަފަރު ބޯޑިން ހޯމް އަކީ އަތޮޅުތަކުން މާލެއަށް ތައުލީމު ހޯދުމަށްޓަކައި އަންނަ ކުދިންނަށް ރައްކާތެރި ހިޔާވައްސެއް ހޯދައި ދިނުމަށް އިބްރާހީމް އަބޫބަކުރު، 70، އާއި އަނބިކަނބަލުން އަމީނާ އިބްރާހީމް، މއ. ކޮއްޓަފަރު ގޭގައި 1994 އަހަރު ފެށި ހިދުމަތެކެވެ.

އެ ހިދުމަތް ފުޅާކުރުމަށް އެ ދެމަފިރިން "ކޮއްޓަފަރު ބޯޑިން ހޯމް" ގެ ނަމުގައި ތަނެއް ރަޖިސްޓްރީކޮށް ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު ފަހުން އެހިދުމަތް ވަނީ ހުއްޓާލާފަ އެވެ.

އެތަނުން ޓީވީ ބެލުމާއި ރޭޑިޔޯ އަޑުއެހުމާއި ނޫސް މަޖައްލާ ކިޔޭނެ ގޮތް ހަމަޖެހި އަދި އިންޓަނެޓްގެ ހިދުމަތް ވެސް ކުދިންނަށް ލިބެންހުރި އެވެ. އަދި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުގެ އިތުރުން "އޮރޭކަލް ލައިބްރަރީ" ގެ ނަމުގައި ލައިބްރަރީއެއް ވެސް ހިންގި އެވެ. އެ ލައިބްރަރީއަކީ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް އާންމުކޮށް ހުޅުވާލައިގެން ހިންގި ތަނެކެވެ.

އެ ހިދުމަތުގެ އަގުވަޒަންކުރުުމުގެ ގޮތުން އިބްރާހިމް އަބޫބަކުރާއި އޭނާގެ އަނބިކަނބަލުން އަމީނާ އިބްރާހިމަށް ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އިން 2007 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ވެސް ލިިބިވަޑައިގެންނެވި އެވެ. އެ އިނާމު ލިބިވަޑައިގަތް އިރު ވެސް ކޮއްޓަފަރުގޭގައި ތިބެގެން ކިޔެވައިގެން 1،300 އަށް ވުރެ ގިނަކުދިން މުޖުތަމައަށް ނިކުމެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox