ވާގޮތް: އިންޓަނެޓް މަސައްކަތްކުރަނީ ކިހިނެއް؟

ވާގޮތް: އިންޓަނެޓް މަސައްކަތްކުރަނީ ކިހިނެއް؟

ދުނިޔޭގެ ތާރީހުގައި ވެސް، އިންސާނުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލުތަކެއް ގެނެސްދިން އީޖާދަކީ، އިންޓަނެޓޭ ބުނުމުން ދޮގަކަށްވާނެކަމަކަށް ގަބޫލެއްނުކުރެވެ އެވެ. ތައާރަފުވެ މަގުބޫލުވާން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ބަޔަކަށް ވަނީ އިންޓަނެޓު ގުޅިފަ އެވެ. އާންމު ދިރިއުޅުމާއި، މަސައްކަތުން ފެށިގެން ގޮސް އެކަކު އަނެކަކާ އަދި ގިނަބަޔަކާ މުއާމަލާތުކުރުމަށް ވެސް މެދުވެރިއަކަށް ވަނީ އިންޓަނެޓެވެ.

ފިއްތުންތަކެއް ފިއްތާލައިގެން ދުނިޔޭގެ ހުރިހާ ކަންކޮޅަކާ ގުޅާލެވި، މައުލޫމާތު ހިއްސާކޮށް އަދި ހޯދުމަށް ލިބިފައިވާ ފަސޭހަތަކުގެ ސަބަބުން އިންޓަނެޓް މިވަނީ އުފެއްދުންތެރި ދިރިއުޅުމަކަށް މުހިންމު ވަސީލަތަކަށް ވެފަ އެވެ. އެކަމަކު މުއްސަދި ގުޅުމުގެ ހަގީގަތާއި މިކަން ހިނގާ ގޮތާއި މެދު އެއްވެސް ވަރަކަށް ވިސްނާލިން ހެއްޔެވެ؟ މި ލިޔުމުގައި އިންޓަނެޓްގެ އޮޕަރޭޝަންގެ އަސާސީ ކޮންސެޕްޓްތަކަށް އަލިއަޅުވާލާނަމެވެ. އޭގެތެރޭގައި ޑިސްޓްރިބިއުޓެޑް ނެޓްވޯކިން ސްޓްރަކްޗާ އިން ފެށިގެން ޕެކެޓްތަކާއި ޕްރޮޓޮކޯލްތަކުގެ ދައުރަށް އަދި މިކަމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާއަށް ބަލާލާނަމެވެ.

އިންޓަނެޓް: ނެޓްވޯކްތަކުގެ ނެޓްވޯކެއް

އިންޓަނެޓްގެ ފުނަށް ފީނާލުމުގެ ކުރިން ނެޓްވޯކެއް މަސައްކަތްކުރާ ގޮތް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުޖުތަމައެއްގައި އެކަކު އަނެކަކު މައުލޫމާތު ބަދަލުކޮށް ވަކި ކަންކަމެއް ހާސިލްކުރަން ގުޅިގެން މަސައްކަތްތައް ކުރާ ފަދައިން، ކޮމްޕިއުޓާ ނެޓްވޯކެއް އެކުލެވިގެންވަނީ އެކަތި އަނެކެއްޗަށް މައުލޫމާތު ނުވަތަ "ޑޭޓާ" ފޮނުވުމުގެ ގާބިލުކަން ހުރި، ގުޅިފައިވާ ކޮމްޕިއުޓަރުތަކެއްގެ މައްޗަށެވެ.

Advertisement

އިންޓަނެޓަކީ، އޭގެ ޒާތުގައި، މިފަދަ އެތައް ނެޓްވޯކެއްގެ ޖަމާއަތެކެވެ. ހުދު "އިންޓަނެޓް" މި ނަމުގެ ވެސް އަސްލަކީ "އިންޓަކަނެކްޓެޑް ނެޓްވޯކްސް" ނުވަތަ ގުޅިފައިވާ ނެޓްވޯކްތަކެވެ. މި ގުޅުންތަކުގެ ސަބަބުން ދުރު ނެޓްވޯކްތަކުގެ ކޮމްޕިއުޓަރުތަކަށް ވެސް ހަލުވިކަމާއެކު މުއާމަލާތް ކުރެވި، ދުނިޔޭގެ ފެންވަރުގައި މައުލޫމާތު ބަދަލުކުރުމަށް މަގުފަހިވެއެވެ.

މި ނެޓްވޯކާ ނުވަތަ އިންޓަނެޓާ ގުޅުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރެއެވެ. އޭގެތެރޭގައި ވަޔާ، ކޭބަލް، ރޭޑިއޯ ވޭވްސް އަދި ނެޓްވޯކިން އިންފްރާސްޓްރަކްޗާ ހިމެނެ އެވެ. އިންޓަނެޓް މެދުވެރިކޮށް ޓްރާންސްމިޓް ކުރާ ހުރިހާ ޑޭޓާއެއް ބިޓްތަކަށް ބަދަލުވެ، މިފަދަ ވަސީލަތްތަކުގެ ތެރެއިން އަލީގެ ސްޕީޑުގައި ފޯރުކޮށްދެއެވެ. މިފަދަ ވަސީލަތެއް މެދުވެރިކޮށް އެއްފަހަރާ ދަތުރުކުރެވޭ ކުރެވޭ ބިޓްތަކުގެ އަދަދު އިތުރުވިވަރަކަށް އިންޓަނެޓްގެ ސްޕީޑް ހަލުވިވެ އެވެ.

ޑިސްޓްރިބިއުޓެޑް ނެޓްވޯކިން: އިންޓަނެޓުގެ ތަނބު

އިންޓަނެޓްގެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ޑިސްޓްރިބިއުޓެޑް ނެޓްވޯކިން ސިސްޓަމެވެ. އާންމު މަރުކަޒީ އޮނިގަނޑުތަކާ ހިލާފަށް އިންޓަނެޓަކީ އެންމެ ކޮންޓްރޯލް ސެންޓަރަކަށް ބަރޯސާވާ އެއްޗެއް ނޫނެވެ. ރަނގަޅު ނެޓްވޯކިން ޕްރޮޓޮކޯލްތައް ބޭނުންކޮށްގެން ޑޭޓާ ފޮނުވުމާއި ލިބުމުގެ ގާބިލުކަން ހުރި ކޮންމެ ކޮމްޕިއުޓަރަކަށް ނުވަތަ ހާޑްވެއާއަކަށް ވެސް އިންޓަނެޓްގައި ބައިވެރިވެވޭނެއެވެ.

ވަކި މީހަކަށް ނުވަތަ ބަޔަކަށް އިންޓަނެޓަށް ބާރުނުފޯރުވޭ ސަބަބަކީ މިއެވެ. ނެޓްވޯކްގެ އަސާސްތަކަށް ބުރޫނާރާ ގޮތަށް ކޮމްޕިއުޓަރުތަކާއި، ސާވާތަކާއި، ނެޓްވޯކިން ކޮމްޕޯނެންޓްތަކަށް އިންޓަނެޓުގެ ނެޓްވޯކާއި ގުޅި ނުކުމެވޭނެއެވެ. ސާވާ އައުޓޭޖެއް ނުވަތަ ޑޭޓާ ސެންޓާ ސަރަހައްދުތައް އޮފްލައިން ވުން ފަދަ ބޮޑެތި ފެއިލްވުންތަކުގައި ވެސް، އިންޓަނެޓްގެ ބާކީ ބައިތައް މަޑު ދުވެލީގައި ނަމަވެސް ކުރިއަށް ގެންދެވޭނެއެވެ.

ޕެކެޓްތަކާއި ޕްރޮޓޮކޯލްތަކުގެ ދައުރު

އިންޓަނެޓް ހިނގާ ގޮތް ދެނެގަތުމަށް އެންމ މުހިންމު ދެ ކޮންސެޕްޓަކީ ޕެކެޓްތަކާއި ޕްރޮޓޮކޯލްތަކެވެ.

ޕެކެޓްސް

ނެޓްވޯކިން ގައި ޕެކެޓަކީ ބޮޑު މެސެޖެއްގެ ކުޑަ މިންވަރެކެވެ. އޭގައި ޑޭޓާއާއި އެ ޑޭޓާއާ ބެހޭ މައުލޫމާތު ހިމެނެ އެވެ. ޕެކެޓްތަކަކީ ރާވާފިލާގަނޑެއް ނުވަތަ "ޕަޒްލް"އެއްގެ ވަކިވަކި އެތިއެތިކޮޅުތަކެއްގެ ގޮތުގައި ވިސްނާށެވެ. އިންޓަނެޓް މެދުވެރިކޮށް ޑޭޓާ ފޮނުވުމުން ޕަޒްލްގެ އެތިއެތިކޮޅު ވަކިކޮށް ކުދި ޕެކެޓްތަކަށް ބަހާލައި، ބިޓްތަކަށް ބަދަލުކޮށްލަ އެވެ. އަދި ރައުޓަރާއި ސްވިޗް ފަދަ ނެޓްވޯކިން ޑިވައިސްތައް މެދުވެރިކޮށް މަންޒިލަށް ފޮނުވާލަ އެވެ. މަންޒިލަށް ވާސިލްވުމާއެކު ރިސީވިން ޑިވައިސް އިން ޕަޒްލްގެ ބައިތައް ނުވަތަ ޕެކެޓްތައް އަލުން ރަނގަޅަށް ތަރުބީތިބުކުރެ އެވެ. އެހިސާބުން އެ ޑިވައިސްއަކަށް އަސްލު މަންޒަރު ފެންނާނެ އެވެ.

މި މަރުހަލާއަށް ދެވިފައިވާ ނަމަކީ "ޕެކެޓް ސްވިޗިން" އެވެ. ޕެކެޓް ސްވިޗިންގެ ސަބަބުން ރައުޓަރުތަކާއި ސްވިޗްތަކަށް ޕެކެޓްތައް މިނިވަންކަމާއެކު ޕްރޮސެސް ކުރެވޭއިރު، އެއްވެސް ކަނެކްޝަނަކުން ނެޓްވޯކްގެ ވަސީލަތްތައް މޮނޮޕޮލައިޒް ނުކުރާކަން ކަށަވަރުވެއެވެ. ނަތީޖާއަކީ ގިނަ އަދަދެއްގެ މީހުންނަށް އެއްވަގުތެއްގައި އިންޓަނެޓް ބޭނުންކުރެވުމެވެ.

ޕްރޮޓޮކޯލްސް

ތަފާތު ހާޑްވެއާ އަދި ސޮފްޓްވެއާތައް ހިމެނޭ ގިނަ ޑިވައިސްތަކެއް ގުޅުވާލުމަށްޓަކައި ސްޓޭންޑަޑައިޒްޑް ޕްރޮޓޮކޯލްތަކުގެ މުހިންމުކަން އިންތިހާއެވެ. ޕްރޮޓޮކޯލަކީ އެއް ޑިވައިސް އަނެއް ޑިވައިސްއާ މުއާމަލާތުކޮށް ފަހުމުވާން މަގުފަހިކުރާ، ގަވާއިދުތަކާއި ފޯމެޓިން ކޮންވެންޝަންތަކުގެ ސެޓެކެވެ. މި ޕްރޮޓޮކޯލްތަކުގައި ނެޓްވޯކިންގެ އެކި ކަންތައްތައް ހިމެނެ އެވެ. އޭގެތެރެގައި ނެޓްވޯކެއްގެ ތެރޭގައި ޕެކެޓްތައް ފޮނުވުމާއި (އިތަނެޓް)، ނެޓްވޯކްތަކުގެ ތެރެއިން ޕެކެޓްތައް ޓްރާންސްމިޓްކުރުން (އައިޕީ)، ޕެކެޓްތަކުގެ ތަރުތީބާއި ބަރޯސާ ކަށަވަރުކުރުމާއި (ޓީސީޕީ)، ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ޑޭޓާ ފޯމެޓްކުރުން (އެޗްޓީޓީޕީ) ހިމެނެއެވެ.

މި ޕްރޮޓޮކޯލްތަކުގެ ސަބަބުން އިންޓަނެޓާ ގުޅިފައިވާ ހުރިހާ ބާވަތްތަކުގެ ޑިވައިސްތަކާއި ސިސްޓަމްތަކުގައި އިންޓަނެޓް ފުރިހަމައަށް މަސައްކަތްކުރެ އެވެ.

އިންޓަނެޓްގެ ފިޒިކަލް އިންފްރާސްޓްރަކްޗާ

އިންޓަނެޓް ރަނގަޅަށް ހިންގުމަށްޓަކައި ބައެއް ކޮމްޕޯނެންޓްތަކާއި އިންފްރާސްޓްރަކްޗާ ޕީސްތައް ކޮންމެހެން ބޭނުންތެރިއެވެ.

ރައުޓާސް

މި ޑިވައިސްތަކުން ޕެކެޓްތައް ދާންޖެހޭ މަންޒިލްތައް ދެނެގަތުމަށް ފަހު، އެކި ކޮމްޕިއުޓާ ނެޓްވޯކްތަކަށް ފޮނުވަ އެވެ. މިއީ އިންޓަނެޓްގެ ޓްރެފިކް ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވެ، ޑޭޓާ ރަނގަޅު ނެޓްވޯކްތަކަށް ފޯރާކަން ކަށަވަރުކޮށްދޭ ވަސީލަތެކެވެ.

ސްވިޗް

ސްވިޗްތަކުން އެއް ނެޓްވޯކެއްގައި ހިމެނޭ ޑިވައިސްތައް ގުޅުވައިދީ، ޕެކެޓް ސްވިޗިން ބޭނުންކޮށްގެން ޕެކެޓްތައް އެކަށީގެންވާ ޑިވައިސްތަކަށް ފޮނުވަ އެވެ. އަދި ޑިވައިސްތަކުން އައުޓްބައުންޑް ޕެކެޓްތައް ބަލައިގަނެ، ގަސްތުކޮށްފައިވާ މަންޒިލަށް ފޯވާޑް ކުރެ އެވެ.

ވެބް ސާވާ

ވެބް ސާވާތަކީ ހާއްސަ ހައި ޕަވަ ކޮމްޕިއުޓަރުތަކެކެވެ. މިއީ ވެބްޕޭޖް، އިމޭޖް، އަދި ވީޑިއޯ ފަދަ ކޮންޓެންޓް ޔޫޒަރުންނަށް ރައްކާކޮށްދޭ ވަސީލަތެކެވެ. މީގެ އިތުރުން އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ހޯސްޓްކޮށް، ޑީއެންއެސް ކިއުއަރީތަކަށް ޖަވާބުދީ، އިންޓަނެޓްގެ ފަންކްޝަނަލިޓީ ބެލެހެއްޓުމަށް މުހިންމު މަސައްކަތްތައް ވެސް ވެބްސާވާއިން ކުރެ އެވެ.

މި ކޮމްޕޯނެންޓްތައް ގުޅިގެން މަސައްކަތްކުރާ ގޮތް ދެނެގަތުމަކީ އިންޓަނެޓްގައި ޑޭޓާ ދަތުރުކުރާ ގޮތް ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ.

ޑޭޓާ ޕެކެޓްތަކުން ވެބްޕޭޖްތަކަށް: އިންޓަނެޓް ލޮލަށް ފެނުން

މި ކޮންސެޕްޓްތައް ގުޅިގެން އަންނަ ގޮތް ދެނެގަތުމަށްޓަކައި، މި ލިޔުން ކިޔުމުގެ ތަޖުރިބާއަށް ވިސްނާލާށެވެ. ސްކްރީނުން ތި ފެންނަ އަކުރުތައް ނުވަތަ ޓެކްސްޓް އިންޓަނެޓް މެދުވެރިކޮށް ޓްރާންސްމިޓް ކުރެވުނީ އެތައް ހާސް ޑޭޓާ ޕެކެޓްތަކެއްގެ ސިފައިގައެވެ. މި ޕެކެޓްތައް ކޭބަލްތަކާއި، ރޭޑިއޯ ވޭވްސްތަކާއި، ރައުޓަރުތަކާއި، ސްވިޗްތަކުން ދަތުރުކޮށް، އެންމެ ފަހުން ތިބާގެ ޑިވައިސްއާ ހަމައަށް ފޯރިއެވެ. މިކަން މިހެންވުމަށް ތަފާތު މަރުހަލާތަކެއް ހިނގި އެވެ.

  1. ޑީއެންއެސް ކިއުއަރީ: މި ލިޔުން ހޯސްޓްކުރާ "އަދަދު" ވެބްސައިޓުގެ އައިޕީ އެޑްރެސް ހޯދުމަށްޓަކައި ތިބާގެ ބްރައުޒާއިން ޑީއެންއެސް ކިއުއަރީއެއް ފެށިއެވެ.
  2. ޓީސީޕީ ހެންޑްޝޭކް: ބްރައުޒާއިން އެ އައިޕީ އެޑްރެހާއި ގުޅުމެއް ގާއިމްކުރި އެވެ.
  3. ޓީއެލްއެސް ހެންޑްޝޭކް: އަދަދު ވެބް ސާވާ އާއި ތި ޑިވައިސް އާއި ދެމެދު އެންކްރިޕްޝަން ސެޓްއަޕް ކުރެވުނެވެ. އެދެމެދުގައި ބަދަލުކުރެވޭ ޑޭޓާ ޕެކެޓްތަކުގެ ސެކިއުރިޓީ ކަށަވަރުކޮށްދިނުމަށެވެ.
  4. އެޗްޓީޓީޕީ ރިކުއެސްޓް: ބްރައުޒާއިން މި ވެބްޕޭޖްގެ ކޮންޓެންޓަށް ރިކުއެސްޓް ކުރިއެވެ.
  5. އެޗްޓީޓީޕީ ރެސްޕޮންސް: "އަދަދު" ގެ ސާވާ އިން ވެބްޕޭޖްގެ ކޮންޓެންޓް, ޑޭޓާ ޕެކެޓްތަކުގެ ސިލްސިލާއަކަށް ބަހާލައިގެން, އެޗްޓީއެމްއެލް، ސީއެސްއެސް، އަދި ޖާވާސްކްރިޕްޓް ކޯޑްގެ ސިފައިގައި ފޯރުކޮށްދިނެވެ. މި ޕެކެޓްތައް ތި ޑިވައިސްއަށް ލިބި، ތަރުތީބުން ރާވާލުމުން، ބްރައުޒާއަށް ކޯޑް މާނަކުރެވި، ސިކުންތުކޮޅެއްގެ ތެރޭގައި ލިޔުން ދައްކާލެވުނެވެ.

ކުރިން ވެސް ފާހަގަކޮށްލި ފަދައިން، އިންޓަނެޓުން އެއްވެސް ދަތިކަމެއް ނެތި މައުލޫމާތު ޓްރާންސްފާ ކުރުމަށް މަގުފަހިކޮށްދެނީ ޕަޒްލްއެއް ފަދައިން އެތިކޮޅުކޮޅަށް ފޮނުވައި، ލިބޭ ފަރާތުން އަވަހަށް ރާވާލުމާ އެއްގޮތަށެވެ.

އިންޓަނެޓްގެ އެތެރޭގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާ މިކުރި ދަތުރު ނިންމާލާއިރު، އަހަރުމެންގެ ޑިޖިޓަލް ދުނިޔެ ގުޅުވައިދޭ އަޖައިބުގެ އަގުވަޒަންކޮށްލުމަކީ މުހިންމު ކަމެކެވެ. ގުޅިފައިވާ ނެޓްވޯކްތަކުން ފެށިގެން ޕެކެޓްތަކާއި ޕްރޮޓޮކޯލްތަކާ ހަމައަށް އިންޓަނެޓްގެ ރީތިކަން އޮތީ އޭގެ ކޮމްޕްލެކްސިޓީގަ އެވެ.

ކޮންމެ ކްލިކެއް، މެސެޖެއް ނުވަތަ ވީޑިއޯ ސްޓްރީމަކުން ތަމްސީލުކުރަނީ ޓެކްނޮލޮޖީގެ އެއްބައިވަންތަ ނެށުމަކާއި، އިންސާނީ ފަންނުވެރިކަމުގެ ހެކިތަކެކެވެ. އެހެންކަމުން، ދެން އިންޓަނެޓްގެ އަޖައިބުތަކުން އުފާހޯދާއިރު، މި ހުރިހާ ކަމެއް ކުރެވޭ ގުޅުންތަކުގެ މުއްސަނދިކަން ހަނދާން ކުރާށެވެ. އިންޓަނެޓަކީ ނަރުތަކާއި ޑޭޓާއަށްވުރެ މާ ބޮޑު އެއްޗެކެވެ. އެއީ ދުނިޔޭގެ ފެންވަރުގެ މާސްޓަޕީސްއެކެވެ. އަދި ތިބާއަކީ ވެސް އޭގެ މުހިންމު ބައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox