ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދަށް މޫދަށް އެރުނު ލަންކާ މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތުން މަސް ހިފަން މޫދަށް އެރުނު މީހަކު ގެއްލިގެން މިއަދު ރިޕޯޓުކޮށްފައިވާކަމަށާއި، އޭނާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ އުތުރުފަރާތު ފަޅުތެރެއިންނެވެ. ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މަރުވީ، 55 އަހަރުގެ ލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ބުނެ އެވެ.













