އިއްޔެ ބޭއްވި ރިޔާސި އިންތިހާބުގައި ވާދަ ކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން، އެންމެ މަތިން ވޯޓު ހޯއްދަވައިގެން ދެ ވަނަ ބުރަށް ދިޔައީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓުން މަތިން ވޯޓު ނުހޯދުނެވެ. ނަަމަވެސް ރައީސް ސޯލިހުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވީ 45 ޕަސެންޓު ވޯޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 38 ޕަސެންޓެވެ.
ނަތީޖާ
- މުއިއްޒު 100,691 ވޯޓު
- ރައީސް ސޯލިހު 85,260 ވޯޓު
- އިލްޔާސް: 15,528 ވޯޓު
- އުމަރު: 6,311 ވޯޓު
- ގާސިމް: 5,469 ވޯޓު
- ފާރިސް: 2,975 ވޯޓު
- ނާޒިމް: 1,863 ވޯޓު
- ޒަމީލް: 329 ވޯޓު
ވޯޓު ލުމުގެ ހައްގު ލިބިގެންވާ : 282،395 މީހުން
ވޯޓުލި މީހުން: 223،194
ޕަސެންޓޭޖު: 79

ސިޓީތަކުގެ ވޯޓު
މާލޭ ސިޓީން 47،000 އަށް ވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވާއިރު، 46 ޕަސެންޓު މީހުން ވޯޓު ދިނީ މުއިއްޒަށެވެ. އެއީ 22،000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 16.662 ވޯޓެވެ.
އައްޑޫ ގައި 16000 އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވެފައި ވާއިރު ރައީސް ސޯލިހު ކުރި ހޯއްދެވީ 42 ޕަސެންޓު ވޯޓުންނެވެ. މުއިއްޒަށް ލިބިވަޑައިގަތީ 36 ޕަސެންޓު ވޯޓެވެ.
މިހާތަނަށް ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގެންފައިވަނީ ޅ. އަތޮޅާއި، އއ. އަތޮޅު އަދި އައްޑޫންނެވެ. އިންތިހާބު ނަތީޖާގެ އުސްއަލިތައް ބަލާލުމަށް
މުހިންމު ބައެއް ލިޔުންތައް
ދުވަހުގެ ކޯޓޭޝަން

އިއްޔެ ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











