ވޯޓު ލުމުގެ ސުންގަޑި ހަމަވިއިރު މެލޭޝިއާގައި ބެހެއްޓި ވޯޓު ފޮށިތަކަށް ވޯޓުލުމަށް ކިއުގައި ބަޔަކު ނެތުމުން ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ވޯޓުލުމަށް ޖުމުލަ ތިން ވޯޓު ފޮށްޓެއް ބެހެއްޓި އެވެ. އެ ގައުމުގައި މި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 1423 މީހުންނަށެވެ. ކޮމިޝަނުން ކަނޑައަޅާފައިވާ ގަޑިއަށް ހެނދުނު ވޯޓުލުން ފެށިއިރު ވެސް ކިއޫގައި މީހުން ތިއްބެވެ. ރާއްޖެއިން ބޭރުގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން މިހާތަނަށް ބަންދުކޮށްފައިވަނީ މެލޭޝިއާގައި ބެހެއްޓި ފޮށިތަކެވެ.
މި ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓުފޮށި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި އެވެ. އެއީ މާލެ ސަރަހައްދުގައި ބެހެއްޓި 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި ބެހެއްޓި 65 ފޮއްޓާއި ރާއްޖެއިން ބޭރުގައި ބެހެއްޓި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ބެހެއްޓި ހަ ފޮއްޓެވެ.













