މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ހަމަވާން ބައިގަޑިއިރަށް ވެފައިވާއިރު، އަދިވެސް 37 އިންސައްތަ މީހުން ވޯޓެއް ނުލަ އެވެ. މިހާތަނަށް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލީ 63 ޕަސެންޓު މީހުންނެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 178,592 މީހުން ވޯޓުލައިފި އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.24 ޕަސެންޓެވެ. އޭގެ ތެރެއިން 31.44 ޕަސެންޓު މީހުންނަކީ ފިރިހެނުންނެވެ. އަދި, އަންހެނުންގެ ނިސްބަތަކީ 31.8 ޕަސެންޓެވެ.
މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް ލިބެއެވެ. އަދި ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.













