އިންގްލެންޑުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަނެއްކާ ވެސް ސަކާ އަށްI

Sep 7, 2023, 5:02 AM
އިންގްލެންޑުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަނެއްކާ ވެސް ސަކާ އަށްI

ލަންޑަން (ސެޕްޓެމްބަރު 7) - އިނގިރޭސި ގައުމީ ޓީމްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ ބުކާޔޯ ސަކާ އަށް ލިބިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު 22 އަހަރު ފުރުނު ސަކާ އަށް ގައުމީ ޓީމްގެ އަަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ މިދިޔަ އަހަރު އޭނާ ގައުމީ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ ގޮތުން ސަކާ ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ.

މި އެވޯޑަށް ސަކާއާ އެންމެ ގާތުން ވާދަކުރީ މިޑްފިލްޑަރު ޖޫޑް ބެލިންހަމް އާއި އެޓީމްގެ ކެޕްޓަން ހެރީ ކޭން އެވެ.

ގައުމީ ޓީމްގައި މިދިޔަ އަހަރު ސަކާގެ އެންމެ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހެދީ މިދިޔަ އަހަރު އެވެ. އެއީ ޔޫރޯ ކޮލިފައިންގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނެއްކޮޅުން މިދިޔަ އަހަރު ނިމުނު ވޯލްޑްކަޕްގައިވެސް ސަކާ މޮޅު ކުޅުމެއް ދެއްކި އެވެ.

ސަކާ އަކީ ކުލަބު ލެވެލްގައި މިދިޔަ ސީޒަންގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި އާސެނަލްގައި ދެއްކި މޮޅު ކުޅުމާ އެކު ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުވެސް ސަކާ ހޯދި އެވެ.

އިނގިރޭސި ގައުމީ ޓީމްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މި ހަފްތާގައި އިއުލާންކުރިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އިއުލާންކުރާނީ މިމަހުގެ ފަހުކޮޅުގަ އެވެ. މިދިޔަ މަހު ނިމުނު އަންހެން ވޯލްޑް ކަޕްގެ ދެ ވަނަ ހޯދި އިންގްލެންޑްގެ އަންހެން ޓީމުގެ ހިމެނޭ ކުޅުންތެރިންގެ ތެރެއިން މި އެވޯޑު ހޯދާނެކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ކީޕަރު މެރީ އާޕްސް އާއި ފޯވާޑް ލޯރެން ޖޭމްސް، އެލެސިއާ ރޫސޯ އަދި ލޯރެން ހެމްޕް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox