ވީޑިއޯކްލަބަށް އައު މީޑިއާނެޓް އޮރިޖިނަލްސް ސީރީޒްއެއް ކަމުގައިވާ "ގަރީނާ" ލޯންޗްކުރަން މީޑިއާނެޓުން ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާނެޓުން ބުނީ މިދިޔަ އޮގަސްޓު 28, ގައި "ގަރީނާ" ގެ ވިޝުއަލް ޕޯސްޓަރުތައް ރިލީޒްކުރުމާއިއެކު، ގިނަ ބައެއްގެ ތަރުހީބު އެ ސީރީޒްއަށް ލިބެމުން އަންނަ ކަމަށެވެ.
މި ސީރީޒުން ދައްކުވައިދެނީ ކާމިޔާބު ނޫސްވެރިޔެއް ކަމުގައިވާ ޝިމްލާގެ ވާހަކަ އެވެ. ރާއްޖޭގެ ރަށެއްގައި ފަސް އަހަރުގެ ކުޑަކުއްޖަކު ގަތުލުކޮށްލި ހަބަރު މީޑިއާތަކާއި ހަމައަށް ގެނެސްދިނުމަށް، ނޫސްވެރިއެއްގެ ހައިސިއްޔަތުން ތަހުގީގުކުރުމަށްޓަކައި އޭނާ ކުރާ މަސައްކަތެވެ.
ޝިމްލާ އެ ރަށަށް ކުރާ ދަތުރުގައި ދިމާވާ ތަފާތު ހާދިސާތަކާއި، ނުތަނަވަސްކަމާއި، އުފެދޭ ސުވާލުތަކަށް ޖަވާބުތައް ހޯދުމަށް އެ ރަށުގެ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު ރިލްވާންއާއިއެކީ ކުރާ މަސައްކަތް މި ސީރީޒްއިން ދައްކުވައިދޭނެ އެވެ.
މި ސީރީޒްގައި ދިވެހި ފިލްމީދާއިރާގެ ފުންނާބު އުސް އެކްޓަރުންގެ ހުނަރު ފެނިގެންދާނެއެވެ. އެގޮތުން މަޝްހޫރު ބަތަލާ މަރިޔަމް މަޖުދާ އާއި ތަޖުރިބާކާރު ތަރިންކަމުގައިވާ މުހައްމަދު ފައިސަލް އަދި އަލީ ފާރޫގް އިސް ރޯލުތަކުން ފެންނާނެ އެވެ. ހަމައެހެންމެ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރިން ކަމުގައިވާ އައިޝާ އަލީ، ޝާރިފް އަދި އަންޝާމް މުހައްމަދު ވެސް މި ސީރީޒްގައި ތަފާތު ކެރެކްޓާރތަކުން ފެންނާނެ އެވެ.
މި ސީރީޒްގެ ލިޔުންތެރިއެއް ގޮތުގައި މަސައްކަތްކޮށްފައިވަނީ ދިވެހި ފިލްމް "މަރިޔަމް" ގެ އިތުރުން ޑާރކްރެއިން އެންޓެޓައިންމެންޓްގެ "ބީވީމާ" ފަދަ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ހުނަރުވެރި ލިޔުންތެރިޔާ އަހްމަދު ޒަރީރު އެވެ. ހަމައެއާއެކު މި ސީރީޒްއަކީ އާންމުގޮތެއްގައި ކެމެރާގެ ކުރިމަތިން ފެންނަ އެކްޓަރު މުހައްމަދު ފައިސަލްގެ ފުރަތަމަ ޑައިރެކްޝަންކަން ވެސް ފާހަގަކޮށްލެވެ އެވެ.
މި ސީރީޒްގެ ޕްރޮޑަކްޝަން ހައުސްއަކީ މީޑިއާނެޓް އޮރިޖިނަލްސްގެ ކާމިޔާބު ފުރަތަމަ ފިލްމު "މަރިޔަމް"ގެ ވެސް ޕްރޮޑަކްޝަން ހައުސް ކަމުގައިވާ "އެއްކާފް" އެވެ.
ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ރިލީޒްކުރާ ތާރީހް ވީޑިއޯ ކްލަބްގެ މީސް މިޑިއާގައި ހިއްސާކުރާނެކަމުގައި މީޑިއާނެޓުން ބުނެ އެވެ.
މީޑިއާނެޓުގެ ޕެކޭޖްތައް
މީޑިއާނެޓުން ވަނީ ވީޑިއޯކްލަބް ކޮންޓެންޓް ބަލާލުމަށް ހާއްސަ އަހަރީ ޕެކޭޖުތަކެއްވެސް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ 333ރ. އަށް އެއް އަހަރުދުވަހަށް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްލެވޭ ޕެކޭޖެއް ހިމެނެ އެވެ. އަދި ވީޑިއޯކްލަބް އަދި މީޑިއާނެޓު ޗެނަލްތައް އެއް އަހަރު ދުވަހަށް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭ 555ރ. ގެ ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބްގައި ހިމެނޭ ދިވެހި އަދި ބޭރު ދުނިޔޭގެ ފިލްމު އަދި ސީރީޒް ހިމެނޭ މުއްސަނދި ވީޑިއޯ ލައިބްރަރީއަށް މަހަކު އެންމެ 100 ރުފިޔާ ދައްކާލައިގެން ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.
ވީޑިއޯކްލަބް މެދުވެރިކޮށް "ގަރީނާ" ގެ އިތުރުން ތަފާތު ރަހަތަކުގެ ފިލްމާއި ސީރީޒް ވީޑިއޯކްލަބް ލައިބްރަރީއަށް އިތުރުކުރުމަށް މީޑިއާނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.










