ޓީޓީ ފިރިހެން ޓީމަށް ރިހި މެޑަލް، ޝައްފާންގެ ހިތްވަރަށް ސާބަސް

ރާއްޖޭގެ ޝައްފާން ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ފައިނަލް މެޗުގައި ރާއްޖެ އަށް ދެ ގޭމު ކާމިޔާބުކޮށްފިން. --ފޮޓޯ: އެމްއޯސީ/ ރާއިފް ޔޫސުފް

ރާއްޖޭގެ ޝައްފާން ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ފައިނަލް މެޗުގައި ރާއްޖެ އަށް ދެ ގޭމު ކާމިޔާބުކޮށްފިން. --ފޮޓޯ: އެމްއޯސީ/ ރާއިފް ޔޫސުފް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޓީމު ފުރަތަމަ ފަހަރަށް ރިހި މެޑެއްޔެއް ހޯދައިފި އެވެ.

މަޑަގަސްކަރައިގައި ކުރިއަށްދާ ގޭމްސްގެ ފިރިހެން ޓީމު އިވެންޓުގެ ފައިނަލުން ރާއްޖެ ބަލިވީ ބާއްވާ ގައުމާ ވާދަކޮށް 3-2 މެޗުންނެވެ.

ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނު ނަމަވެސް ރިހި މެޑެއްޔަކީ ފިރިހެން ޓީމަށް ބޮޑު ކާމިޔާބެކެވެ. އެންމެ ފަހުގެ ދެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ފިރިހެން ޓީމަށް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އެކަމަކު އަންހެން ޓީމުން 2019 ގެ ގޭމްސް އިން ތިން ރަން މެޑަލް ހޯދި އެވެ. މި ފަހަރު ވެސް އަންހެން ޓީމު އިވެންޓުން ވަނީ ރަން މެޑެއްޔެއް ގެނެސްދީފަ އެވެ.

މި މެޗުގައި ރާއްޖޭގެ ތަރިއަކަށްވީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. ރާއްޖޭގެ ޓީޓީގެ މަޝްހޫރު އާއިލާ ކަމަށްވާ ސީވީޑް އަށް ނިސްބަތްވާ ޝައްފާން ވަނީ ދެ ގޭމު ކާމިޔާބުކޮށް ރާއްޖެ ރަން މެޑެއްޔަކާ ވަރަށް ކައިރި އަށް ގެންގޮސްދީފަ އެވެ.

ފުރަތަމަ ގޭމް ޝައްފާން ކާމިޔާބުކުރީ މަޑަގަސްކަރައިގެ ރަންދްރިއަނާޓޯންޑްރޯ އަތުން 3-2 އިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު 11-5 އިން ރަންދްރިއަނާޓޯންޑްރޯ ގެންދިޔަ ނަމަވެސް ޝައްފާން އަނެއް ދެ ސެޓު 5-11 އަދި 2-11 އިން ކާމިޔާބުކުރި އެވެ. މެޗުގެ ހަތަރު ވަނަ ސެޓު 11-0 އިން ރަންދްރިއަނާޓޯންޑްރޯ ގެންދިއުމުން ހަމަހަމަވި އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓު ޝައްފާން ކާމިޔާބުކުރީ 6-11 އިންނެވެ.

މެޗުގެ ދެ ވަނަ ގޭމުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް ވަނީ މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ސެޓުތައް ޖޮނަތަން ގެންދިޔައީ 11-9، 11-7 އަދި 11-5 އިންނެވެ.

މެޗުގެ ތިން ވަނަ ގޭމުން ރާއްޖޭގެ އަހްޔަރް އަހުމަދު ހާލިދު ވަނީ މަޑަގަސްކަރައިގެ ރަޒަފިންރަލަމްބޯ ޒޯ ނަދާރް އަތުން 3-1 ސެޓުން ބަލިވެފަ އެވެ. ފުރަތަމަ ސެޓު 11-6 އިން އަހްޔަރު ކާމިޔާބުކުރި ނަމަވެސް މަޑަގަކަސްރަ ކުޅުންތެރިޔާ ވަނީ އަނެއް ތިން ސެޓު 9-11، 4-11 އަދި 8-11 އިން ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ހަތަރު ވަނަ ގޭމު ކާމިޔާބުކޮށްގެން މަޑަގަސްކަރަ އަށް ރަން މެޑަލް ކަށަވަރުކުރެވެން އޮތް ނަމަވެސް ރާއްޖޭގެ ޝައްފާން ވަނީ ޖޮނަތަން އަތުން 3-1 އިން މޮޅުވެ އުއްމީދެއް ހޯދައިފަ އެވެ. ފުރަތަމަ ސެޓު ޝައްފާން ކާމިޔާބުކުޜީ 11-8 އަދި 12-10 އިންނެވެ. އަނެއް ދެ ސެޓު 6-11 އަދި 8-11 އިން ކާމިޔާބުކޮށް ޖޮނަތަން އެއްވަރުކުރި އެވެ. އެކަމަކު ޝައްފާން ވަނީ 11-6 އިން ފަހު ސެޓު ކާމިޔާބުކޮށް ގޭމުން ރާއްޖެ މޮޅުކޮށްދީފަ އެވެ.

މަޑަގަސްކަރަ ރަން މެޑަލް ހޯދި ދެ ޓީމު 2-2 ގޭމުން އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު ފަހު ގޭމް 3-1 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުން މަޑަގަސްކަރައިގެ ރަންދްރިއަނާޓޯންޑްރޯ މޮޅުވީ ރާއްޖޭގެ މުންސިފް އަތުން 3-1 އިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު މުންސިފް 13-11 އިން ކާމިޔާބުކުރި އެވެ. އެކަމަކު ރަންދްރިއަނާޓޯންޑްރޯ ވަނީ އަނެއް ތިން ސެޓު 6-11، 4-11 އަދި 14-16 އިން ކާމިޔާބުކޮށްފަ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުން މަޑަގަސްކަރަ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. އެ މެޗާ ބަލާއިރު މި މެޗުން ރާއްޖެ ވަނީ ތަފާތު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox