ބިން ހިއްކަން ހުޅުމާލެ ފަޅުން ނަގާ ސަފާރީތައް ދިޔަނެރާއި ކުޑަގިރި ފަޅަށް ބަދަލު ކުރަނީ

ބިން ހިއްކަން ހުޅުމާލެ ފަޅުން ނަގާ ސަފާރީތައް ދިޔަނެރާއި ކުޑަގިރި ފަޅަށް ބަދަލު ކުރަނީ

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކަން ފަށަން ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފަޅުތެރެއިން ނަގާ އުޅަނދުފަހަރުތައް އަޅަން މާލެ ސަރަހައްދުން ދެ ފަޅެއް ހަމަޖައްސާފައިވާ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އާބަންކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ނިއުޝާދު ޝަރީފު މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅެމާލެ ދެ ވަނަ ފިޔަވަހީގެ ފަޅުން ނަގާލާ ސަފާރީތަކަށް އަޅަން ނިންމީ ކުޑަގިރި ފަޅާއި ސަފާރީ ބަނދަރު ތަރައްގީކުރާ ދިޔަނެރު ފަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުޑަގިރި ފަޅުގައި ސަފާރީތައް އަޅަން ބޭނުންވާ ފަރާތްތަކުން އާބަންކޯގައި ރަޖިސްޓްރީވުމުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެކަމަށް ހުއްދަ ދޭނެ ކަމަށްވެސް ނިއުޝާދު ވިދާޅުވި އެެވެ.

"ކުޑަގިރިއަކީ ރަނގަޅު އޮޕްޝަނެއް. އެއީ ކުޑަގިރީގައި ފިހާރަ އާއި ފާހަނަތަކާއި މި ފެސިލިޓީސްވެސް ހުންނާތީ،" ނިއުޝާދު ވިދާޅުވި އެވެ.

ނިއުޝާދު ވިދާޅުވީ ސަފާރީތަކުގެ ވެރިން އެދިއްޖެ ހާލަތުގައި ދިޔަނެރު ފަޅުވެސް ހަމަޖައްސަދޭނެ ކަމަށެވެ. އެގޮތުން ހަފްތާއެއް ތެރޭ އެ ފަޅުގައި މޫރިންގް ބޮއެތަކެއް އަޅައި ސަފާރީތައް އެޅޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށާއި އާބަންކޯގައި ރަޖިސްޓްރީވާ އުޅަނދުތަކަށް އެތަނުންވެސް ޖާގަ ލިބޭޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައި ސަފާރީތައް އަޅަން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އަގު ނަގާނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ހުޅުމާލޭގެ ބިން ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން އާބަންކޯއިން ވަނީ ދެ ވަނަ ފިޔަވަހީގެ ފަޅުގައި އަޅާފައިހުރި އުޅަނދު ތަކާއި އަޑިއަށް ގޮސްފައިހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އަންގާފަ އެވެ. އެ ސަރަހައްދުގައި އަޅާފައި ހުރީ މުޅިން ވެސް ސަފާރީތަކެވެ.

އާބަންކޯ އިން ބުނި ގޮތުގައި އެ ތަކެތި އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ކުރިން ނަގަންޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ވެރިފަރާތުން ނުނަގާ އުޅަނދުތައް އާބަންކޯއިން ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދެ ވަނަ ފިޔަވަހީގެ ފަޅަކީ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހެދުމަށް ހުޅުމާލެ މާސްޓަ ޕްލޭނުގައި ހިމަނާފައިވާ ސަރަހައްދެވެ. ނަމަވެސް ހުުޅުމާލެ މާސްޓަ ޕްލޭން ބަދަލުކޮށް އެ ފަޅު ހިއްކައިގެން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތުން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އާބަންކޯ އިން މިހާރު ވަނީ ލަންކާގެ ސީއެމްސީ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި ދިޔަނެރު ފަޅުގައި ސަފާރީ ބަނދަރު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އެކުންފުންޏާއި ހަވާލުކޮށް އެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox