އެމްއެސް ގްލޯބަލްއާ އެކު މީޑިއާނެޓުގެ ހިދުމަތް މުޅި ދުނިޔެއަށް

އެމްއެސް ގްލޯބަލްއާ އެކު މީޑިއާނެޓުގެ ހިދުމަތް މުޅި ދުނިޔެއަށް

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، މީޑިއާނެޓުގެ ހިދުމަތް މުޅި ދުނިޔެއަށް ފުޅާކޮށްފި އެވެ.

މީޑިއާނެޓުން ބުނީ މިހާރު އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ޗެނަލްތަކުން ދައްކާ މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ހަބަރު ޕްރޮގްރާމްތައް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ.

މީޑިއާނެޓުން ވަނީ ރާއްޖެއިން ބޭރު ގައުމުތަކަށް ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ:

އެމް އެސް ލައިޓް ގްލޯބަލް

މި ހިދުމަތް މެދުވެރިކޮށް ސީދާ ޓީވީ އިން ޗެނަލްތައް ވަގުތުން ބެލޭނެ އެވެ. މިކަމަށް ހަމައެކަނި ބޭނުންވާނީ އިންޓަނެޓް ކަނެކްޝަނެކެވެ.

މި ހިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކު 199ރ. އެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވާނަމަ ޖުމްލަ 1،200ރ. އެވެ. އެއީ މަހަކަށް އެންމެ 100ރ. އެވެ.

ކޮންމެ ޕެކޭޖަކާއެކު ވެސް މީޑިއާނެޓުގެ ވީޑިއޯކްލަބް ކޮންޓެންޓް ފެންނާނެ އެވެ.

އެމް އެސް ޑިޖިޓަލް ގްލޯބަލް

މި ޕެކޭޖާއިއެކު ކޮންމެ ވަގުތަކު އަދި ކޮންމެ ތާކުހުރެވެސް މޮބައިލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތަކާއި ވީޑިއޯ ކްލަބް ކޮންޓެންޓް ބަލާލެވޭނެ އެވެ.

މި ހިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74ރ. އެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވާނަމަ ޖުމްލަ 600ރ. އެވެ. އެއީ މަހަކަށް އެންމެ 50ރ. ގެ އަގެކެވެ.

މި ދެ ހިދުމަތުގައިވެސް ތަފާތު ފީޗާތަކެއް ހިމެނިފައިވާނެ ކަމުގައި މީޑިއާނެޓުން ބުނެ އެވެ. އެގޮތުން ކެޗަޕް ފީޗާ މެދުވެރިކޮށް ފާއިތުވި ހަތަރު ދުވަހު ޗެނަލްތަކުން ވަގުތުން އައި ޕްރޮގްރާމްތައް އަލުން ބެލޭނެ އެވެ. އޭގެ އިތުރުން ވަގުތުން ދައްކަމުންދާ ޕްރޮގްރާމްތައް ޕޯސް ކޮށް، ރިވައިންޑްކޮށް އަދި ކުރިއަށް އަންނަން ހުރި ޕްރޮގްރާމްތައް އީޕީޖީ މެދުވެރިކޮށް ބަލާލާ, ރިމައިންޑާ ވެސް ސެޓްކޮށްލެވޭނެ ކަމުގައި މީޑިއާނެޓުން ބުނެ އެވެ.

މި ހިދުމަތްތަކަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކޮށްލެވޭނެ އެވެ. މައުލޫމާތު ފުރިހަމަކުރުމުން ލޮގިން ޑީޓެއިލްސް އީމެއިލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިގެންދާނެ އެވެ.

ޕެކޭޖަށް ފައިސާ ދެއްކުމަށާއި ވައުޗާ ބަލައިގަތުމަށް މީޑިއާނެޓުގެ "ކުއިކްޕޭ" ޕޭމަންޓް ޕޯރޓަލް ބޭނުން ކުރެވޭނެ އެވެ.

މީޑިއާނެޓުން ބުނީ މި ހިދުމަތާއިއެކު ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ހަރަކާތްތަކުގެ މައުލޫމާތު ގައުމުން ބޭރުގައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބެލުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންނަށް މުނިފޫހިފިލުމަށް އިތުރު ލުއި ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox