ވިލާ ހައި ސްކޫލުން ހިލޭ އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ހައި ސްކޫލުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެ ސްކޫލުގެ ޕްރިންސިޕަލުން--- ފޮޓޯ:ވިލާ ހައި ސްކޫލް

ވިލާ ހައި ސްކޫލުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެ ސްކޫލުގެ ޕްރިންސިޕަލުން--- ފޮޓޯ:ވިލާ ހައި ސްކޫލް

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ސްކޫލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ވިލާ ސްކޫލުގައި 11 އަދި 12 ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، އޮގަސްޓު 29 ގެ ނިޔަލަށް އޮންލައިންކޮށް އަދި ފޯމު ހުށަހަޅައިގެން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި, އެޑިޔުކޭޝަނުގެ މިންގަޑަށް އޯލެވެލް އިމްތިހާނުން ފާސްވެފައިވާ ހުރިހާ ދަރިވަރުންނަށް އެ ސްކޫލުން ހިލޭ ކިޔެވުމުގެ ޖާގަ ތަނަވަސް ކޮށްދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ވަރަށް ގިނަ ބެލެނިވެރިންނަށް ހީފުޅުވެފައި އޮންނަނީ އަޅުގަނޑުމެންނަކީ ސަރުކާރު ސްކޫލެެއް ނޫންވީމަ، ބޮޑު ފީ އެއް ނަގައިގެންނޭ ކިޔަވައި ދެނީ. ނޫން. އެޑިއުކޭޝަންގެ މިންގަނޑަށް އޯލެވެލް އިން ފާސްވި ހުރިހާ ދަރިވަރުންނަށްވެސް މި ސްކޫލުން ހިލޭ ކިޔެވޭނެ" ސައީދު ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ މިންގަނޑަކީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމް ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާއިން ފާސްވެފައިވުމެވެ. ފާސްވެފައިވާ ކަމަށް ބެލެވޭނީ ސީ އަދި އެއަށްވުރެ މަތިން ފާސްވެފައިވުމުންނެވެ. މިނިސްޓްރީގެ މާލީ އެހީގެ ދަށުން އޭލެވެލް އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުން ދިވެހި އަދި އިސްލާމް އިތުރުން އެޑެކްސެލް ނުވަތަ ކެމްބްރިޖް އިންޓަނޭޝަނަލް އެގްޒޭމިނޭޝަންސްގެ ތިން މާއްދާ ކިޔަވަން ޖެހޭނެ އެވެ.

ސައީދު ވިދާޅުވީ އެ ސްކޫލަށް އަލަށް ވަންނަ ދަރިވަރުންނާއި މިހާރު އެ ތަނުގައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެއީ އޯ ލެވެލް އިން ގައުމީ ގަދަ 10ގެ އެއްވަނަ ލިބޭ ދަރިވަރުންނަށް ދޭ ބްރިލިއަންޓް ސްކޮލަޝިޕް އާއި އެޑިއުކޭޝަންގެ ކަލަންޑަރުގައި ހިމެނިފައިވާ ކުޅިވަރު މުބާރާތަކުން އެއްވަނަ ލިބޭ ދަރިވަރުންނަށް ދޭ ސްޕޯޓްސް ސްކޮލަޝިޕެވެ. އަދި ސްކޫލުގައި ރަޖިސްޓްރީ ވުމަށްފަހު ކޮންމެ ދަރިވަރަކަށްވެސް މ ސްކޮލާޝިޕްތަކަށް އެދި ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ 13 އަހަރުކުރިން އުފެއްދި ވިލާ ހައި ސްކޫލުގައި މިހާރު ވެސް 700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.

ސައީދު ވިދާޅުވި ގޮތުގައި މިފަހަރު ހުޅުވާލީ 800 ދަރިވަރުންގެ ޖާގައަށެވެ. އަދި ސްކޫލުން ޖާގަ ލިބޭ ދަރިވަރުންގެ ލިސްޓް އޮގަސްޓު 31, ގައި އެ ސްކޫލުގެ ވެބްސައިޓުގައި ޕަބްލިޝް ކުރައްވާނެ ކަމަށާއި ގްރޭޑް 11 އަށް ވަންނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަ ބައްދަލުވުމެއް އަންނަ ސެޕްޓެމްބަރު ދޭއްގައި ބާއްވާނެ ކަމަށްވެސް ވިދާޅުވި އެެވެ.

ވިލާ ސްކޫލު ފާހަގަކުރެވެނީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލުގެ ގޮތުގަ އެވެ. އެ ސްކޫލަކީ ތަފާތު އިންޑަސްޓްރީ ތަކުގެ މައުލޫމާތާއި ތަޖުރިބާ ދަރިވަރުންނަށް ދީގެން ކެރިއާ ކަނޑައެޅުމަށް ދަރިވަރުންނަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ އެއް ސްކޫލެވެ. ތަފާތު ފެންވަރުގެ ކުދިންނަށް ޖާގަ ދީގެން ކިޔަވައިދޭއިރު އޭލެވެލް ނިންމާ ދަރިވަރުންގެ 70 ޕަސެންޓަށްވުރެ މަތީ އަދަދެއްގެ ދަރިވަރުން ޔުނިވަސިޓީތަކުން ޖާގަ ލިބޭ މިންވަރަށް ފާސްވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ވިލާ ހައި ސްކޫލުން ދަރިވަރުންނަށް ވީހާވެސް ގިނަ މާއްދާތަކުގެ އޮޕްޝަން ދިނުމުގެ ގޮތުން އާ މާއްދާތައް ތައާރަފްކުރުމުންދާއިރު މިފަހަރު އާ މާއްދާއެއް ގޮތުގައި ހިލޭ ޗައިނާ ބަސް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެެވެ. އަދި ދަރިވަރުންގެ ތައުލީމީ ނަތީޖާ މަތިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު މިމަހު 20 ގައި ފެށޭ އިމްތިހާނަށް ތައްޔާރުވުމަށްވެސް އެ ސްކޫލުން ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ދަރިވަރުންނަށް ކިޔަވައިދެއްވާނީ ރާއްޖޭން ބޭރުން ގެންނަ ސަބްޖެކްޓު އެކްސްޕާޓުން ކަމަށް ވިލާ ހައި ސްކޫލުން ބުންޏެވެ.

ވިލާ ހައި ސްކޫލުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައިވަނީ ސެޕްޓެމްބަރު ތިނެއްގަ އެވެ. މި ސްކޫލަށް ވަނުމަށް އެދޭ ފޯމް ވިލާ ސްކޫލުގެ ވެބްސައިޓުން އަދި ސްކޫލު އޮފީހުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox