ރަނިންމޭޓުކަން ގަބޫލުކުރީ ޔާމީންގެ ސިޔާސަތު މުއިއްޒު ތަންފީޒުކުރައްވާނެތީ: ހުސައިން

ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓުކަން ގަބޫލުރެއްވީ، އޭނާގެ ވެރިކަމެއްގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތު ތަންފީޒުކުރުމުގައި މުއިއްޒު ފަހަތަށް ޖެހިވަޑައިނުގަންނަވާނެތީ ކަމަށް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އުތުރަށް ކުރައްވާ ކެމްޕޭނު ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި "ރައީސް ޔާމީންގެ ކެންޑިޑޭޓު"ގެ ގޮތުގައި މުއިއްޒު ތައާރަފުކޮށް ދެއްވުމަށް ފަހު ހުސައިން ވިދާޅުވީ ފުރިހަމަ އަށް މުއިއްޒަށް އިތުބާރު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެ މަނިކުފާނަށް އިތުބާރު ކުރަނީ ރައީސް ޔާމީންގެ ސިޔާސަތު ތަންފީޒުކުރުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެތީވެ. އެ މަނިކުފާނު ރައީސް ޔާމީނަށް އިހުލާސްތެރިވާނެތީވެ. ތެދު ބަހުން ވާހަކަ ދައްކަން ކެރޭނެތީވެ. ޖެހިލުމެއް ނުވެ ރައްޔިތުންގެ ހައްގު ހޯދަ ދޭން މަސައްކަތް ކުރައްވާނެތީވެ،" ހުސައިން ވިދާޅުވި އެވެ.

"[އެހެންވެ] ރައީސް ޔާމީންގެ އިރުޝާދާ އެއްކޮށް [މުއިއްޒުގެ] ރަނިންމޭޓަކަށް އަޅުގަނޑަށް ދައުވަތު ދެއްވީތީވެ އެ މަނިކުފާނަށް ޝުކުރު ދައްނަވައި އެކަން ބަލައިގަތީމު."

މުއިއްޒަކީ ޔާމީންގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް ހިއްސާދާރު އަދި އެންމެ ބޮޑު ބައިވެރިޔާ ކަމަށް ހުސައިން ސިފަކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި ބިޔަ ޕްރޮޖެކްޓުތައް ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ވިލަރެސް ކުރެއްވީ މުއިއްޒެވެ.

އިހުލާސްތެރިވާނެ ކަމަށް ހުސައިން ވިދާޅުވި ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތީ ޔާމީންގެ ނަމެވެ.

"އަޅުގަނޑު ހަމަ ޔަގީނުން ވެސް ރައީސް ޔާމީނާއި ޑރ. މުއިއްޒަށް އިހުލާސްތެރިވެ، ދިވެހި ރައްޔިތުންނަށް އިހުލާސްތެރި މީހެއްގެ ގޮތުގައި ދެމި ހުންނާނަން،" ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮންނަ ހުސައިން ވިދާޅުވި އެވެ.

ޔާމީން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މަންޒަރު ދެކެވަޑައިގަތުމަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ހުސައިން ސިފަ ކުރެއްވުމަށް ފަހު ގޮވާލެއްވީ ޔާމީން މިނިވަން ކުރުމަށެވެ. އަދި މައްސަލަތައް ހައްލުކުރަން ޒުވާނުން ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީން ދޫކުރި ވ. އާރަށުގެ މުއާމަލާތުގައި ހިޔާނާތާއި މަނީ ލޯންޑަކުރިކަން ޔާމީންގެ މައްޗަށް ސާބިތުވެގެންނެވެ. އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox