ޕްރެޒިޑެންޓް ކަޕް ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ އަށް

Aug 12, 2023, 5:28 AM
މޯލްޑިވްސް ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޓްރޮފީ މިލާން ކްރިކެޓް ޓީމާ ހަވާލުކުރަނީ.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މޯލްޑިވްސް ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޓްރޮފީ މިލާން ކްރިކެޓް ޓީމާ ހަވާލުކުރަނީ.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިއްޔެ ކުޅެވިގެންދިޔަ މޯލްޑިވްސް ޓީ20 ޕްރެޒިޑެންޓް ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ އިންނެވެ.

ދެ ވަނަ ފަހަރަށް ބޭއްވި ޕްރެޒިޑެންޓް ކްރިކެޓް މުބާރާތުގެ ފައިނަލުގައި މިލާން ކްރިކެޓް އެކެޑަމީން މާލެ ވެޓެރަންސް ބަލިކުރީ އަށް ވިކެޓުންނެވެ.

އިއްޔެ މެންދުރު ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗުގައި ގުރުދިމާވުމުން މިލާނުން ނިންމީ ހޮވުމަށެވެ. އެ ގޮތުން، މާލޭ ވެޓްރަންސް އިން ކުޅެންރައި ހަ ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެތެރޭގައި ހެދިފައިވަނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 40 ބޯޅައިން 43 ލަނޑުހެދި ޗަންދަނާ އާއި 26 ބޯޅައިން 24 ލަނޑުހެދި ޕިޔާލް އެވެ.

މި އިންނިންގްސްގައި މިލާން ކްރިކެޓް އެކެޑަމީގެ އަހުމަދު އަމީލް ދެ ވިކެޓް އަދި ލީމް އާއި ރިޒާން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި މިލާނުން ކުޅެންއަރައި 18 ވަނަ އޯވަރުގައި 2 ކުޅުންތެރިން ނުބައިވެގެން 125 ލަނޑުހަދާ މެޗުން މޮޅުވި އެވެ.

މި މެޗުގައި މިލާނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޔޫސުފް އަޒްޔާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، އަޒްޔާން ވަނީ 48 ބޯޅައިން 58 ލަނޑު ހަދައިފަ އެވެ. ދެން އެ ޓީމުގތެ ވިރަންދީޕް ސިންގް ވަނީ 27 ބޯޅައިން 39 ލަނޑު ހަދައިފަ އެވެ.

ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވަަނަތަކަށް ހޮވުނު ޓީމުތަކާއި ކުުޅުންތެރިންނަށް އިނާމް ދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އާއި އިއްޔެގެ މެޗުގެ ޝަރަފްވެރި މެހެމާން ކުރީގެ ކްރިކެޓް ކުޅުންތެރިޔާ، އަލްފާޝިލް ހަސަން ހަބީބު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox