އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނޭޅުމަށް ޕީޕީއެމުން ގޮވާލައިފި

ރައީސް ވިލިނގިއްޔަށް ވަޑައިގެންނެވުމުން, އެރަށު ޕީޕީއެމް މެންބަރުން ކުރި އިހުތިޖާޖު ފުލުހުން ރޫޅާލަނީ -- ފޮޓޯ: އިޔާން/ އަދަދު

ރައީސް ވިލިނގިއްޔަށް ވަޑައިގެންނެވުމުން, އެރަށު ޕީޕީއެމް މެންބަރުން ކުރި އިހުތިޖާޖު ފުލުހުން ރޫޅާލަނީ -- ފޮޓޯ: އިޔާން/ އަދަދު

އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތު އެރަށު ޕީޕީއެމް ސަޕޯޓަރުން ކުރި މުޒާހަރާ ފުލުހުން ރޫޅާލުން ކުށްވެރިކޮށް, އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނޭޅުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމް މެންބަރުންގެ މުޒާހަރާ ރޫޅާލި ވަގުތު ފުލުހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ވިލިނގިލިން އިއްޔެ ވަނީ ތިން މީހުން ހައްޔަރުކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ވިލިނގިލީގައި އަޑު އުފުލާ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން ދިޔަ އެތައް ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހަލާތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކޮށްފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

Advertisement

އެ ޕާޓީން ބުނާ ގޮތުގައި ފުލުހުން ވަނީ އިއްޔެ ވިލިނގިލީގައި އެރަށުގެ ޕީޕީއެމްގެ ތިން ސަޕޯޓަރުން އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފަ އެވެ. މިއީ އެ ޕާޓީން ބުނާ ގޮތުގައި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުން އަދި އިހުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން އަރައިިގަތުމެވެ.

"ސުލްޙަވެރިކަމާއެކު، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ގާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ ސަރުކާރުގެ 'ޣައިރު ގާނޫނީ' އަމުރުތަކަށް ތަބާނުވުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނަށް ވަޑައިގަންނަވާ ބައެއް ރަށްރަށުގައި ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. އެ މީހުން ގޮވާލަމުންދަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަބްދުالله ޔާމީން މިނިވަން ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox