މުއިއްޒަށް ރުހުން ނުދީ ތިބީ ޖަލުން އަންނަނީ ޔާމީނުގެ މެސެޖުކަން ޔަގީންވަން ދެން

މުއިއްޒަށް ލީޑާޝިޕްގެ ރުހުން އޮތް ކަން އިއުލާން ކުރަން ބޭއްވި ޕްރެސް ކޮންފެރެންސްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މުއިއްޒަށް ލީޑާޝިޕްގެ ރުހުން އޮތް ކަން އިއުލާން ކުރަން ބޭއްވި ޕްރެސް ކޮންފެރެންސްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ރުހުން އޮތް ކަން އިއުލާންނުކޮށް މިރެއާ ހަމައަށް މަޑުކުރީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިރުޝާދު މުޅީން ޔަގީންކުރެވެން އިއުލާންކުރަން ވެގެން ކަމަށް ލީޑާޝިޕުން މިރޭ ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނެވެ. މުއިއްޒަކީ، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގންދަވާ ޔާމީނަށް ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރުވާން ވެގެން ޕީއެންސީގެ ސެނެޓުން ނިންމި ބެކްއަޕް ކެންޑިޑޭޓެކެވެ. ނަމަވެސް އިންތިހާބު ބޮއިކޮޓް ކުރަން ލީޑާޝިޕްގެ ބައެއް ބޭފުޅުން ވިސްނުން ފުރަތަމަ ގެންގުޅުއްވި އެވެ.

މިރޭ އެ ކޯލިޝަންގެ މުޅި ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މުއިއްޒަށް އެ ކޯލިޝަންގެ ލީޑާޝިޕްގެ ތާއީދު އޮތް ކަން އިއުލާން ކުރެއްވީ، އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ސެނެޓުން ފާސްކުރި ނިންމުމަށް ވެސް ލީޑާޝިޕްގެ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވަނިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވީ ވެސް އެތެރޭގެ ހިޔާލުތަފާތުވުންތަކާ ގުޅިގެނެވެ. ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް ވިދާޅުވީ ދެ ހިޔާލެއް އޮތް ނަމަވެސް، އެންމެން ވެސް ބޭނުންވަނީ ލީޑަރު ޔާމީން މިނިވަންވުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަށް ވާދަނުކުރެވޭ ގޮތް ވުމުން ލީޑާޝިޕުން ފެށިގެން އާންމު މެންބަރުންނާ ހަމައަށް ވެސް މާޔޫސްކަން އިތުރުވި އެވެ. އިންތިހާބު ބޮއިކޮޓް ކުރަން އެއް ބަޔަކު ބޭނުންވިއިރު، މުއިއްޒާއެކު ނުކުންނަން އެއް ބަޔަކު ބޭނުންވީ ވެސް ޔާމީނުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކު ވެސް، ވާހަކަ ދެއްކެވީ ރައީސް ޔާމީނުގެ ހައްގުގައި، އިންތިހާބު ބޮއިކޮޓް ކުރަން އެއް ބަޔަކު އަޑުއުފުލީ އޭގެ މަޝްވަރާއަކަށް ރައީސް ޔާމީން އެދިވަޑައިގަތީތީ، އިންތިހާބު ވާދަކުރަން އަނެއް ބަޔަކު އަޑުއުފުލީ ވެސް މި ސަރުކާރު ބަދަލުކޮށް ރައީސް ޔާމީން މިނިވަންކުރަން،" އަދުރޭ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ޕީޕީއެމްގެ ސެނެޓުން އިންތިހާބުގަައި ވާދަކުރަން ފާސްވެ އަދި އިއްޔެ ހެނދުނު ޔާމީނުގެ ވަކީލުން އެމަނިކުފާނުގެ ތާއީދު މުއިއްޒަށް އޮތް ކަން ހާމަކުރެއްވި އިރު، ލީޑާޝިޕުގެ ތާއީދު މުއިއްޒަށް އޮތް ކަން އިއުލާންކުރަން، އެ ދެމެދު ގާތްގަނޑަކަށް ދެ ދުވަސް ހިނގީ އެވެ.

އެހާ ލަސްވެގެން ދިޔައީ ކީއްވެގެންތޯ "އަދަދު" ނޫހުން ސުވާލުކުރުން އަބްދުލްރަހީމް ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވުމުންނާއި، ވަކީލުންނާއި އާއިލާއަށް ބައްދަލުކުރުމުގެ ފުރުސަތު ފަހިނުވެދާތީ އެމަނިކުފާނާ މުއާމަލާތްކޮށް، މަޝްވަރާ ކުރެއްވުމަށް ދަތިތަކެއް ހުންނެވި ކަމަށެވެ.

"ފޯނު ކޯލަކުން ގުޅުއްވާފައި [ޔާމީން] މިހެން ވިދާޅުވިއޭ އެހެން ބޭފުޅަކު ވިދާޅުވާއިރު، އަޅުގަނޑުމެން މި ވަރު ކަމެއް ނިންމަން ކަށަވަރުކުރަން ޖެހޭ، މިރެއާ ހަމައަށް ލަސްވީ އެހެންވެގެން، މިރޭ އަޅުގަނޑުމެން ލީޑާޝިޕްގެ ކޮންމެ ބޭފުޅަކު މިއައީ [ޝައްކެއް ނެތް މިންވަރަށް] ރައީސް ޔާމީން ނިންމެވިގެން ކަށަވަރުވީމަ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން އެދިވަޑައިގެން ޔާމީނު ފޮނުއްވި މެސެޖަކާ މެދު ގޮތެއް ނިންމަން ޕީޕީއެެމްގެ ސެނެޓްގައި ކުރި ހޫނު ބަހުސް ތަކަކަށް ފަހު ގޮތެއް ނުނިމި އޮއްވައި މުއިއްޒު ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅުއްވި ފަހުން ވެސް ޕީޕީއެމްގެ ލީޑަޝިޕުން އޭނާއަށް ތާއީދުކުރާކަން ސާފުކޮށް ނުބުނެ ތިއްބެވެ.

ޕީޕީއެމްގެ ލީޑާޝިޕުން އެއްވެސް އެއްޗެއް ވިދާޅުނުވެ ތިބެ، ޔާމީން މިނިވަންކުރަން ގޮވާލާ ރޭ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ސެނެޓުގެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ހިމެނެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލުކުރި އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި، އެއިން ކޮންމެ ބޭފުޅަކު ވެސް މިރޭ ވިދާޅުވީ، ކެންޑިޑޭޓު މުއިއްޒާއި އޭނާގެ ރަނިން މޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަށް ތާއީދުކުރައްވައި ކެމްޕެއިނަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އެ ރޭ ދެއްކެވި ވާހަކައަކީ ޔާމީނުގެ ހައްގުގައި ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. ލީޑާޝިޕުން އުންމީދު ކުރަމުން ދިޔައީ އިންތިހާބުގެ ކުރިއަށް އިސްތިއުނާފު ނިމޭނެ ކަމަށެވެ. ނަމަވެސް މައްސަލަ ހަވާލުވި ބެންޗުގެ ބައެއް ފަނޑިޔާރުން ޗުއްޓީ ނެންގެވުމުން އިސްތިއުނާފުގެ މައްސަލަ މަޑުޖެހުމަކަށް އަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލީ މުއްދަތު ހަމަވެގެން ދިޔައިރު، ބުރާސްފަތި ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox