ގްރީން ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ

ދިވެހި ރުއްތަކެއް: ރުކުގެ އާ ޖީލެއް ބިނާކުރަން ހިންގާ ޕްރޮޖެކްޓަށް ފަނޑުކުރަނީ ގްރީން ފަންޑުން -- ފޮޓޯ/އާއިމް ޒަމީރު

ދިވެހި ރުއްތަކެއް: ރުކުގެ އާ ޖީލެއް ބިނާކުރަން ހިންގާ ޕްރޮޖެކްޓަށް ފަނޑުކުރަނީ ގްރީން ފަންޑުން -- ފޮޓޯ/އާއިމް ޒަމީރު

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ޖަމާކުރާ ގްރީން ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުގައި، ޖޫން މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 1.01 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ގަރާރަކުން އުފެއްދި މި ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވީ ފުރަތަމަ ފަހަރެެވެ.

ގްރީން ފަންޑުގެ އުސްއަލިތައް

  • މި އަހަރު ފެށުނުއިރު ހުރީ 774 މިލިއަން ރުފިޔާ
  • ޖެނުއަރީ-ޖޫން ގްރީން ޓެކްސްގެ ގޮތުގައި 526.3 މިލިއަން ރުފިޔާ ލިބިފައިވޭ
  • އޭގެ ތެރެއިން ހަރަދުކުރީ 287.7 މިލިއަން ރުފިޔާ
  • އަހަރު ދެބައިވިއިރު ގްރީން ފަންޑަށް 238.5 މިލިއަން ރުފިޔާ އިތުރުވެފައިވޭ

ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މާޗު އަދި ޖެނުއަރީގަ އެވެ. އެ ދެ މަހުގެ އާމްދަނީ އުޅެނީ 100 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

މިއީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ހުންނަ ކޮންމެ ރެއަކަށް ނަގާ ޓެކުހެއް ކަމުން، މި އަދަދުތައް ސީދާ ގޮތުން ގުޅެނީ ޓޫރިސްޓުން އަންނަ އަދަދާއި ހޭދަކުރާ މުއްދަތަށެވެ.

ގްރީން ޓެކްސް ނަގަނީ:

  • ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން - ބޮލަކަށް ކޮންމެ ރެއަކަށް 6 ޑޮލަރު
  • ގެސްޓުހައުސްތައް - 3 ޑޮލަރު

ސަރުކާރުން މި ފަނޑުގެ ބޭނުން މައިގަނޑު ގޮތެއްގައި ހިފަމުން އަންނަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. އޭގެ އިތުރުން، ދިވެހި ރުކުގެ އާ ޖީލެއް ބިނާކުރަން ހިންގާ މަޝްރޫއަށް ވެސް މި ފަންޑުން އަންނަނީ ހަރަދުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox