ދިލަފޮށީގެ ހަގީގަތް

ދިލަފޮށީގެ ހަގީގަތް

އަތަ މޫސުމުގައި ގަހުގައި އަތައެޅުމުން ވާލާއި މީދަލާ އަތަތައް ކާއިރު ވެއްޓި އޮއްޖެހެނީ ދަގަނޑު ޓިނުގެ ފުރާޅެއްގެ މައްޗަށެވެ. ދެން އެ އަޑު އިވުމުން މަންމަ ބުނުއްވަ އެވެ. މާދަމާ ގޮނޑުދޮށަށް ގޮސް ދެތިން ދިލަފޮށި ގެންނާށެވެ. ދެން ދިލަފޮށި ގެނައިމާ ދެލިބުރިއަކުން އޭގައި ބުޅަލެއް ކުރަހަން ބުނާނެ އެވެ. ދެން ބުޅާ ކުރަހައިފައި ގަހުގެ އެކި ހިސާބުތަކުގައި އެލުވީމާ އަތަ ކެއުން ހުއްޓޭނެ އެވެ. މީ ފަންޑިތައެއް ތަވީދެއް ނޫނެވެ. އަދި ބުޅާ ކުރަހައިގެން ވާކަމެއްވެސް ނޫނެވެ. މިކަން މިހެން މިވަނީ ގަހުގެތެރޭގައި ދިލަފޮށި އެލުވާފައި ހުންނައިރު ވައިގެ ސަބަބުން ދިލަފޮށި ހަރަކާތް ކުރަން ފެށުމުން ބުޅަލެއް ކަމަށް މީދަލަށާއި ވާލަށް ހީވާތީ އެވެ.

މިލިޔުމުގައި ބަލައިލަން ގަސްދުމިކުރަނީ އަޅުގަނޑުމެން އުޅެބޮޑުވި ގޮނޑުދޮށްތަކުގައި ހުންނަ ކޮން އެއްޗެއްކަން ނޭނގޭ ތަކެތީގެ ތެރެއިން ދިލަފޮށްޓަށެވެ.

ނަން

ބޯވަދިލަމަހުގެ މައިގަނޑު ދެ ވައްތަރުކަމުގައިވާ ބޯވަދިލަމަހާއި ކަޓްލްފިޝްއަށް ވެސް ދިވެހިން ކިޔާ އުޅެނީ ބޯވަދިލަ މަހެވެ. ނަމަވެސް އިނގިރޭސި ބަހުން ބޯވަދިލަމަހުގެ އެކި ބާވަތަށް އެކި ނަންތައް ކިޔާއުޅެ އެވެ. އޭގެތެރެއިން ކަޓްލްފިޝް އޭ މިކިޔާ ބާވަތަށް ކަޓްލްފިޝްއޭ ކިޔަނީ މިމަހުގެ އެތެރޭގައި އޮންނަ ކަޓްލްއޭ މިކިޔާ އޭގެ މައިކަށްޓަށް ނިސްބަތް ކޮށެވެ.

ކަޓްލްފިޝްއަށް ދިވެހިން ކިޔަނީ ބޯވަދިލަމަހެވެ. ބޯވަ+ދިލަ+މަސް އެވެ. ބޯވައަކީ މައިކަށި ނެތް ތަކެތީގެ ބާވަތްތަކުގެ އެންމެ ވަރުގަދަ އެކަތިކަމުގައި ބެލެވިދާނެ އެވެ. ދިލަ އަކީ ކެރުމާއި ހޫނު އެކުލެވިގެންވާ ރިހުމެކެވެ. އަދި އަލިފާނާއެކު އަރާ އާތްވަށް ވެސް ދިލަ ކިޔަ އެވެ. އަދި މިނޫން މާނަ ވެސް ހުރެ އެވެ. ދެން ދިލަފޮށި ނުވަތަ ދިލަފުށި، މި ބަހުގެ މާނައަކީ ބޯވަދިލަ މަހުގެ އެތެރޭގައި ފަތާކޮށް ހުދުކޮށް އޮންނަ އެއްޗެވެ. ވީމާ ދިވެހިން ވެސް މިމަހަށް ނަންދީފައި މިވަނީ މި ދިލަފޮށްޓާއި ބޯވަޔާ އަދި ބޯވަދިލަ މަހާއި ގުޅުވައިގެންނެވެ. ބޯވަޔަށް މަޑިއަށް އިއްސަށް އަދި ވެން ފަދަ ތަކެއްޗަށް މަސް ނުކިޔާ ބޯވަދިލަމަހަށް މަސްކިޔާފައި މިވަނީ ކޮންގޮތަކުން ކަމެއް ނުވިސްނެއެވެ.

ކުރީގައި ބުނިފަދައިން މިފަހަރު ބަލައިލާން ގަސްދު ކުރަނީ ދިލަފޮށި މި މައުލޫއަށެވެ. ނަމަވެސް މަޑި ދާތަކަށް ކަށިދާނޭ ބުނާފަދައިން ދިލަފޮށީގެ ވާހަކަ ދައްކާތާކު ބޯވަދިލަމަހުގެ ވާހަކަ ނުދައްކާ ފަރަކު ނުޖެހޭނެއެވެ.

ބޯވަދިލަމަސް

ބޯވަދިލަމަހަކީ އެމެރިކާ ފިޔަވާ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ އެއްޗެކެވެ. ބޯވަދިލަމަހުގެ ތެރެއިން ކަޓްލްފިޝްއޭ މިކިޔާ އާއިލާގެ ތެރޭގައި ވެސް 100 އަށްވުރެ ގިނަ ވައްތަރުގެ މެމްބަރުން އުޅެއެވެ. އަހަރުމެންގެ ތެރެއިން ފީނަންދާ މީހުންނަށް ފިޔަވާ، މޫދަށް ހަމަ އެރިލާ ނުވަތަ ގޮނޑުދޮށުގައި ހިނގާބިނގާވާ މީހުންނަކަށް ބޯވަދިލަމަހެއް ނުފެންނާނެ އެވެ. ނުވަތަ ފެންނާނީ ވަރަށް މަދު ހާލަތެއްގަ އެވެ. ސަބަބަކީ އާންމު ގޮތެއްގައި އެސޮރުމެން ތިބޭނީ އަބަދުވެސް އަޑީގައި އޮށޯވެލައިގެން ކަމުގައި ވެފައި އެ ތިބޭތަނަކާ ކުލަ އެއްގޮތްކަމުންނެވެ.

ނޫކުލައިގެ ސާފު މޫދުން އަހަރުމެނަށް މިފެންނަ ބޯވަދިލަމަހަކީ މޫދުގެ މަތީ ފަށަލައިގައި ވަރަށް ގިނައިން އުޅޭ ބާވަތެކެވެ. މި ބާވަތް ބަލާލަން ބޭނުންނަމަ އާނުގަނޑުގެ ކައިރީގައި ހެނދުނުގެ ގަޑީގައި ދެ ދުވަހަކު ހިނގާލަނިކޮށް ނުފެނިއެއް ނުހުންނާނެ އެވެ. މިސޮރުމެން ތިބޭނީ ބައި ހަދާފަ އެވެ. އެކަމަކު އެކި ވަގުތު ތިބޭނީ އެކި ކުލަ ތަކުގައިކަމުން ވަކިނުވެ ހުރެދާނެ ކަމަށްޓަކައި ސަމާލު ވާންޖެހޭނެ އެވެ. މިބުނި ބޯވަދިލަމަހަކީ ދިލަފޮށި އޭގައި އޮންނަ ބޯވަދިލަމަހެއް ނޫނެވެ. އެކަމަކު މީގެ ތެރޭގައިވެސް މަތީ ފަރާތުގައި ސާފުހުދު ބިއްލޫރި ފޮށްޗެއްހާ އަލި އެއްޗެއް އޮންނާނެ އެވެ. އަޅުގަނޑުމެން މިއަށް ކިޔަނީ ސަމުސަލެވެ. ސަމުސާ ކިޔަނީ މިއެތި އަނެއް ފުށަށް އަނބުރާލުމުން މެދަށް އަޑިކޮށް ދެއަރިއުސްކޮށް އަދި ފަހަތުބައި ހިމަކޮށް ދިގުކޮށް ހުންނާތީއެވެ. އަސްލު މިއަށް ދިވެހިން ކިޔަނީ ކޮންނަމެއް ކަމެއް ނޭނގެ އެވެ.

ދިލަފޮށި އޮންނަ ބޯވަދަދިލަމަސް ތިބޭނީ ކުރީގައި ބުނިހެން އަޑީ ބަތާނުގަ އެވެ. ކާނާ ހޯދަންވުމުން ނޫނީ މާބޮޑަށް ހަރަކާތްތެރި ވެއެއް ނޫޅެ އެވެ. ރާއްޖޭން ފެންނަ މި ބާވަތުގެ ބޯވަދިލަމަސް ބައިހަދާފައި އުޅެނިކޮށް އަޅުގަނޑު ނުދެކެމެވެ. އަދި ވަކިވަކިންވެސް ފެންނަނީ ވަރަށް މަދުމަދުންނެވެ. ވީމާ މިއީ ރާއްޖޭގައި މަދު އެއްޗެއްކަމަށް އަޅުގަނޑަށް ހީވެ އެވެ.

ދިލަފޮށި ގޮނޑުދޮށަށް ލައްގަނީ އަބަދު އެއްވަރަކަށް ނޫނެވެ. ދިލަފޮށި އާންމުކޮށް ފެންނަނީ ވަކި ދުވަސްވަރެއް ގައެވެ. އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ އިރުވައިގެ އޮއިވައްދާ ދުވަސްވަރޭ މިކިޔާ ދުވަސްވަރު ރާއްޖެއަށް ބޭރުން އަންނަނީ ކަމުގައެވެ.

ބޯވަދިލަމަހަކީ ކޮން އެއްޗެއް؟

މި ކާއިނާތުގައިވާ ކޮންމެ ދިރޭ އެއްޗަކީ ވެސް އަޅުގަނޑުމެން ހައިރާން ވާހާ ތަފާތު އެތައް ކަންތައްތަކެއް އޭގައި ލައްވަވާފައި ވެއެވެ. މި ގޮތުން ބޯވަދިލަމަހަކީ އޭގެ މިސާލެކެވެ. ބޯވަދިލަމަހަކީ ކަށިގަނޑާއި ތިން ހިތާއި އަދި ނޫ ލޭ (ބުލޫބުލަޑް) އެކުލެވިގެންވާ މަހުލޫގެކެވެ. ސައިންސްވެރިން ދެކޭ ގޮތުގައި މިހާރު ދުނިޔޭގައި އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ އަޖައިބު ކުރުވަނިވި ޖަނަވާރަކީ ބޯވަދިލަމަހެވެ.

ބޯވަދިލަމަހަކީ ބޯވައެއްގެ އެއްބައެވެ. އެހެންކަމުން ބޯވާދިލަމަހުގައި ވެސް އޭގެ އަތްފަޔާއި އަނގަޔާއި ދަތް ދާދި އެއްގޮތެވެ. ހަށިގަނޑު އުފެދިފައިވަނީ ބޯވައާއި ހިލާފަށް ހިމަކޮށް ދިގުކޮށް ދެފަރާތުގައި އުރަހަ އެކުލެވިގެންވާ ގޮތަށެވެ. މި އުރަހަތައް ބޮޑަށް ވައްތަރުވާނީ އަތުފަންކާގައި ލައިފައި ހުންނަ ވިހޭފަށާއެވެ.

ޝިކާރަ ކުރުމާއި ކާނާ

ބޯވަދިލަމަސް ކާނާ ހޯދާ އުޅެނީ ޝިކާރަ ކޮށްގެންނެވެ. ބޯވަދިލަމަސްތަކުގެ ތެރެއިން ބައެއް ބާވަތްތަކުގައި ވަކިން ދިގު ދެފައި ހުންނަތަން ފެންނާނެ އެވެ. އަދި އެފައިގެ ކޮޅުގައި އެއްއަރިމަތީގައި ތަތްކޮށްލާނެ ބައެއް ވެސް ހުންނާނެ އެވެ. ބޯވަދިލަމަހެއް ވެސް ޝިކާރަ ކުރާއިރު ކުއްލިއަކަށް އެ އެއްޗެއްގައި ތަތްކޮށް ކައިރިއަށް ދަމައިގަތުމުގައި މި ދެފައިގެ ބޭނުން ހިފަ އެވެ. ކަޓްލްފިޝް އޭ މިކިޔާ ބާވަތުގެ ކާނާގެ ތެރޭގައި ކުދިމަހާއި ޑިނގާގެ ބާވަތްތައް ހިމެނެ އެވެ. އަދި ކަކުންޏަކީ އޭގެ އެންމެ ގަޔާވާ ކާނާއެވެ. މި އާއިލާގެ ތެރެއިން އެންމެ އަޖައިބު ކުރުވަނިވި ވައްތަރު ކަމުގައިވާ ބުރޯޑް ކުލަބު ކަޓްލްފިޝް އުޅެނީ އިންޑޮނޭޝިއާ ސަރަހައްދުގަ އެވެ.

ނުނިމޭ

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox