ކަސްޓަމަރުންނަށް "ލިމިޓްލެސް" ޑޭޓާ އެލޮވަންސް ލިބޭ މުޅިން އައު އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑް ބޫސްޓާއެއް ދިރާގުން ތައާރަފްކޮށްފި އެވެ.
މި އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް މި ބޫސްޓާ އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި, ކޮންމެ ދިރާގު ފައިބަރު ބްރޯޑްބޭންޑް ޕެކޭޖެއްގެ ކަސްޓަމަރުންނަށް ވެސް މި ބޫސްޓަރ ނެގޭނެ އެވެ.
މި ހާއްސަ ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު https://bit.ly/459NMK9 އިން ލިބޭނެ އެވެ.
އޭގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް އައު ލިމިޓަޑް ޓައިމް އޮފާއެއްވެސް ތައާރަފު ކޮށްފަ އެވެ. މި އެޑް-އޮންއާއެކު ކަސްޓަމަރުންނަށް އެންމެ 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.










