ސްރީ ލަންކާ މިހާރު ކުރިއަށްދާ ނޭޝަނަލް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ރިލޭގައި ވާދަކޮށް، ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމުން ރެކޯޑް މުގުރާލައިފި އެވެ.
ރެކޯޑް މުގުރާލި 400 މީޓަރުގެ ރިލޭ އިވެންޓްގައި ވާދަކުރި ގައުމީ އަންހެން ޓީމުގައި ހިމެނެނީ ޒިވާ މޫސާ ޝަފީއު، ހައްވާ މުޒުނާ ފާއިޒު، އައިޝަތު ނާދު އަސަދު ވަޖުދީ އަދި އައިމިނަތު ލަޔާނާ މުހައްމަދު އެވެ. މި ޓީމުން ރެކޯޑް މުގުރާލީ 4 މިނިޓް 06.62 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން، މި ރެކޯޑް އޮތީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 ރިލޭ އިވެންޓްގައި ވާދަކުރި ޓީމު އަތުގަ އެވެ. އެ ފަހަރު ޓީމުގައި ހިމެނުނު، އަފާ އިސްމާއިލް، ޝަމްހާ އަހުމަދު، އައިމިނަތު ނަޒްރާ އަދި މިރުފަތު އަހުމަދު، ރޭސް ނިންމި ޓައިމިން އަކީ 4 މިނިޓް 18.11 ސިކުންތުންނެވެ.
ސްރީ ލަންކާގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ ފިރިހެން ހަތަރު ދުވުންތެރިން ވެސް ވާދަކުރެ އެވެ. އެ އެތުލީޓުންނަކީ، ދެބެން ކަމަށްވާ، ހުސައިން ޒީކު ސުއާދު، ޒުއިޒު މުހައްމަދު ސުއާދުގެ އިތުރުން، އާދަމް ރިއްފަތު އަދި އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އެވެ.










