ދިރާސީ އައު އަހަރަށް ހާއްސަ "ބެކް ޓު ސްކޫލް" ކެމްޕެއިނެއް ދިރާގުން ލޯންޗުކޮށްފި އެވެ.
ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެއްގެ އައު އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި ފަސް ފަރާތަކަށް 1،000ރ. ހާއްސަ ސްޓޭޝަނެރީ ވައުޗަރެއް ދިނުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ދިރާގުގެ ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި "DhiraaguBackToSchool#" ހޭޝްޓެގް ޖެހުމަށްފަހު އައު ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުވަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގު "ބެކް ޓު ސްކޫލް" ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށް ވެސް ލިބޭނެ އެވެ.
އޭގެ އިތުރުން މި ކެމްޕެއިންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާ އެކު އެންމެ 594ރ. އަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓު މަހުގެ ނިޔަލަށެވެ.
ދިރާގު "ބެކް ޓު ސްކޫލް" ކެމްޕެއިނާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީހެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.











