މިނިވަންކަމަށް 58 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން އިސްނަގައިގެން މާލޭގައި ޑްރޯން ޝޯ އެއް މިރޭ ކުރިއަށް ގެންގޮސްފި އެވެ.
ދިރާގާއި ހޯމް މިނިސްޓްރީ ގުޅިގެން ޑްރޯން ޝޯ ކުރިއަށް ގެންދިޔައީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ ޝޯ ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، ދައުލަތުގެ އެހެން ބައެއް އިސްވެރިން ސެންޓްރަލް ޕާކަށް ވަޑައިގެންނެވި އެވެ. އެ ޝޯ ބަލަން ގިނަ އަދަދެއްގެ އާއްމުން ވެސް ޖަމާވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޑްރޯން ޝޯ ބާއްވަން ފުރަތަމަ އޮތީ ރޭގަ އެވެ.
ނަމަވެސް މާލެ ސަރަހައްދުގައި، ހޮޑުލެވުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ހޮސްޕިޓަލުތައް ބާރު ބޮޑުވުމާއެކު ރޭ މިިނިވަން ދުވަހުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން ނިންމި އެވެ. އެއަށް ފަހު އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މިރެ އެެވެ.
ދިރާގުން ވަނީ މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ވެސް ހުޅުވާލާފަ އެވެ. މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް އެންމެ 99 ރުފިޔާއަށް "މިނިވަން އުފާ އެޑްއޮން" އެކްޓިވޭޓް ކޮށްލައިގެން 24 ގަޑިއިރަށް އަންލިމިޓެޑް މޮބައިލް ޑޭޓާ ލިބޭނެ އެވެ.
titledesc










