ބަޑި ގުދަން ފަޅާލުމާއި ފިސްތޯލައިގެ ހަގީގަތް ހާމަނުކުރާތީ ނާޒިމްގެ ނުރުހުން

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓޫ ކާނަލް ނާޒިމް. ސަލާމަތީ ހިދުމަތްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓޫ ކާނަލް ނާޒިމް. ސަލާމަތީ ހިދުމަތްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ބަޑި ގުދަން ފަޅާލައި ހަތިޔާރުތަކެއް އާންމުންގެ ތެރެއިން ބައެއްގެ އަތް މައްޗަށް ދިޔަ މައްސަލަ އާއި އޭނާ އުޅުއްވި ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށް ރައްޔިތުންނާ ހަމައަށް ހާމަކޮށްދީފައި ނުވާ ކަމަށް ވިދާޅުގެ އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ނުރުހުން ފާޅުކުރައްވައިފި އެވެ.

"އަދަދު" ނޫހުން ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމްގައި ޔާމީން ސަރުކާރުގެ ޑިފެންސް ޕޯޓްފޯލިއޯ އެންމެ ފުރަތަމަ ބެލެހެއްޓެވި ނާޒިމް ވަނީ އެ ސަރުކާރުގައި ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިނގައިދިޔަ ބޮޑެތި ކަންކަމުގެ ވާހަކަތައް ތިލަކޮށްދެއްވާފަ އެވެ.

"އަޅުގަނޑެއް ފިސްތޯލައަކާ ކުޅޭ ހިތްވާ މީހެއް ނޫން. އަޅުގަނޑުގެ ގޭގައި ފިސްތޯލައެއް ބާއްވާ ހިސާބަކަށް ނުދޭ. އަޅުގަނޑު ދަންނަ މީހުން ގަބޫލެއް ނުކުރާނެ އަޅުގަނޑުގެ ގޭގެ ވަތްގަނޑެއްގައި ފިސްތޯލައެއް ބާއްވާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ޖެނުއަރީ 18, 2015 ގައި ނާޒިމް އޭރު ދިރިއުޅުއްވި ގެއަށް ދަންވަރު ރެއިޑް ޖަހައި އެގެއިން ފިސްތޯލައަކާއި މެގަޒިންއަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނެ އޭނާ ހައްޔަރުކުރި އެވެ. މިއަދާ ހަމައަށް ވެސް އޭނާ ގަބޫލުކުރައްވަނީ އެއީ ސިޔާސީ ގޮތުން އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.

"ފުލުހުންގެ މައްޗަށް ރައްޔިތުން އިތުބާރު ނުކުރާ އެއް ސަބަބު އެބަ އޮތް. އެއީ, އަޅުގަނޑުމެން ގެއަށް ހަތިޔާރު ވައްދައި އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރެވިފައި ނެތުން. މިއަދު ވެސް އަޅުގަނޑު ފުލުހުންނަށް އިތުބާރު ކުރަން ދަތި. އެކަން ތަހުގީގުކޮށް އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ނުގެންނަހާ ހިނދަކު. ހޭބުއްދި ހިނގި މީހަކު ގަބޫލެއް ނުކުރޭ އަޅުގަނޑު ގޭގައި ހިނގި ކަމަކީ ބަޔަކަށް ނޭނގި ހިނގާނެ ކަމެކޭ," އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ގެއަށް ރެއިޑް ޖެހުމަށް ފަހު އޭނާ ހައްުޔަރުކޮށްގެން ގެންދިޔަ ވަގުތު. މި މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވި --- ފޮޓޯ: މިނިވަން އާކައިވް
ނާޒިމްގެ ގެއަށް ރެއިޑް ޖެހުމަށް ފަހު އޭނާ ހައްުޔަރުކޮށްގެން ގެންދިޔަ ވަގުތު. މި މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވި --- ފޮޓޯ: މިނިވަން އާކައިވް

ނާޒިމްގެ ގެއަށް ރެއިޑް ޖެހުމަށް ފަހު އޭނާ ހައްުޔަރުކޮށްގެން ގެންދިޔަ ވަގުތު. މި މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވި --- ފޮޓޯ: މިނިވަން އާކައިވް

އެ ފިސްތޯލައަކީ ސީދާ ސިފައިންގެ ބަޑި ގުދަނުން ނެފައިވާ ހަތިޔާރެއްކަން އެނގިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

"ފިސްތޯލައާ ގުޅޭގޮތުން އޭރުގެ ސިފައިން ގެއިން ތައްޔާރުކުރި ރިޕޯޓު ފެނުނު. އަދި ކޯޓަށް ވެސް ހުށަހެޅި. އެ ހުށަހެޅުއްވިއިރު އެކަން ތަހުގީގު ކުރެއްވީ ކެޕްޓަން އިހުސާން ހުށަހެޅުއްވި ރިޕޯޓުގައި އޮތް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައި އެއީ ހަމަ ސީދާ ސިފައިން ގެއްލުނު ހަތިޔާރެއް ކަމަށާއި އޭގެ ނަންބަރު ބަރާބަރަށް ދިމާވާ ކަމަށް. ކާކުތޯ މިއަދު ބަލަނީ," އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ގެއަށް ރެއިޑް ޖެހިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޖެނުއަރީ 22, 2015 ގައި އޭނާ މަގާމުން ވަކިކުރި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކަންކަން ބޮއްސުންލައިގެން ގޮސް ސިފައިންގެ ބަޑި ގުދަނުން ހަތިޔާރު ވެސް ބޭރުވީ އެ އަހަރުގެ ތެރޭގަ އެވެ.

ބ. ހިނބަޅިދޫގައި ފަޅު ތެރޭގައި 42 މީޓަރު އަޑީގައި ފޮރުވާފައި ހުއްޓާ ހޯދި ގޮވާ ތަކެއްޗާއި ހަތިޔާރަކީ ސިފައިންގެ ބަޑި ގުދަނުން ނެރެފައިވާ ތަކެތިކަން ތަހުގީގުން އޮތީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކުރި އެވެ.

އެ މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް މިހާތަނަށް ސާފުވެފައި ނުވެ އެވެ. ނާޒިމް ގަބޫލުކުރައްވާ ގޮތުގައި އެއީ ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ ހިނގި ކަމެކެވެ. އޭރު ބަޑި ގުދަނުގެ ވެރިޔަކަށް ހުންނެވީ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އެވެ. އަދި, ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލެވެ.

"އޭގެ ތެރޭގައި ކަމާ ނުބެހޭ މީސްމީހުންނަށް އެ ފުރުސަތު ދީ އަދި ސިޔާސީ ގޮތުން ވެސް ބަޑިގުދަނާ ހަވާލުވާން, ތަފާތު މީހުން އެތަނަށް ލައި. އެމީހުންގެ ބާރުގެ ދަށަށް ކަންކަން ގެނައި. އެހެންވީމަ ހަތިޔާރު ހުންނަ ގުދަނުގެ ވެރިޔަކަށް ނޭނގި އެތައް ބައިވަރު ކަންތަކެއް ކުރެވޭ ކަހަލަ އުސޫލުތަކެއް ހުރީ," ނާޒިމް ވިދާޅުވި އެވެ.

ހިނބަޅިދޫ ފަޅުތެރެއިން ފެނުނު ހަތިޔާރު. މިއީ ފަހުގެ ތާރީހެއްގައި ބަޑި ގުދަނުން ހަތިޔާރު ބޭރުވި ފުރަތަމަ ފަހަރު --- ފޮޓޯ: މިނިވަން އާކައިވް
ހިނބަޅިދޫ ފަޅުތެރެއިން ފެނުނު ހަތިޔާރު. މިއީ ފަހުގެ ތާރީހެއްގައި ބަޑި ގުދަނުން ހަތިޔާރު ބޭރުވި ފުރަތަމަ ފަހަރު --- ފޮޓޯ: މިނިވަން އާކައިވް

ހިނބަޅިދޫ ފަޅުތެރެއިން ފެނުނު ހަތިޔާރު. މިއީ ފަހުގެ ތާރީހެއްގައި ބަޑި ގުދަނުން ހަތިޔާރު ބޭރުވި ފުރަތަމަ ފަހަރު --- ފޮޓޯ: މިނިވަން އާކައިވް

ސިފައިންގެ ކަންކަން ރޭވިފައި އޮންނަ ގޮތުން ޑިފެންސް މިނިސްޓަރުގެ ހަމައެކަނި ޒިންމާއަކީ ހަތިޔާރު ދޫކުރުމުގެ ހުއްދަ ދިނުން ކަމަށް އޭނާ ވަނީ މި ޕްރޮގްރާމްގައި ވިދާޅުވެފަ އެވެ.

"އެކަން ކުރި ގޮތެއް ކަމަށް މި ބެލެވެނީ އެކި ކަހަލަ ތަމްރީނުތަކަށް ބޭރަށް ގޮސް އެނބުރި އަންނައިރު އެ ހަތިޔާރު އެތަނަށް ނުވައްދައި. ދެން ހަމައެއާއެކީ ބައެއް އެއްޗެހި ހަމަ ބާކީކުރަނީ. އުސޫލެއް އޮންނާނެ ބެލޭނެ. ތަމްރީނަށް ގޮސް ހުސް ދޯރި ހޮވައި ހުސް ދޯރި ދައްކަން ޖެހޭ ހިސާބަށް ކަންކަން ބެލޭނެ އުސޫލެއް އޮންނާނެ. އެހެން ނަމަވެސް ކަންކަން ނުބެލޭ,"

ހަތިޔާރު ދޫކުރަން ހަރުދަނާ އުސޫލުތަކެއް އޮންނަ ކަމަށާއި މިއަދާ ހަމައަށް ވެސް ހިނބަޅިދޫ ފަޅު ތެރެއިން ހަތިޔާރު ފެނުނު ގޮތް ހޯދިފައި ނުވާތީ ކަންބޮޑުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިއަދު ވެސް އެކަން ބަލައިފިނަމަ އެކަން ހިނގި ގޮތް އެނގޭނެ. ކަނޑައެޅިގެން އެ ތަހުގީގު ހިންގި މީހުންގެ ފަރާތުން ލިބޭ މައުލޫމާތަކީ ހަތިޔާރަކީ ސީދާ ހަތިޔާރު ގުދަނުން ބޭރުވެފަ ހުރި ހަތިޔާރު. އޭގެ އިތުރުން ގޮވާ ތަކެތި ވެސް."

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox