ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފި އެވެ.
އެ ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް އެންމެ 99 ރުފިޔާއަށް "މިނިވާ އުފާ އެޑް-އޮން" އެކްޓިވޭޓް ކޮށްލައިގެން 24 ގަޑިއިރަށް އަންލިމިޓެޑް މޮބައިލް ޑޭޓާ ލިބޭނެ އެވެ.
އޭގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ތިރީގައި ވާ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
- ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
- ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް "UNL" ޖެހުމަށްފަހު އެސްއެމްއެސް ކޮށްލައިގެންމި އެޑް-އޮން ނެގޭނެއެވެ.
މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ މި މަަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.











