ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި ލީން ސްޓާޓްއަޕް ވޯކްޝޮޕް ނިންމާލައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި ލީން ސްޓާޓްއަޕް ވޯކްޝޮޕް ނިންމާލައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދިޔަ "ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ވޯކްޝޮޕް" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ވޯކްޝޮޕްގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތައް އެމީހުންގެ މަސައްކަތުގެ މާހައުލުގައި އަދި އަލަށް ފަށާ ވިޔަފާރިތަކުގައި ބޭނުން ކުރެވިދާނެ ގޮތް ދަސްކޮށްފަ އެވެ. އަދި, ޒަމާނީ ވަސީލަތްތަކާއި އުސޫލުތައް ތައާރަފްކޮށް، ހަލުވިކަމާއެކު ޕްރޮޓޯޓައިޕްތައް ހަދާނެ ގޮތުގެ މައުލޫމާތު ވެސް މި ވޯކްޝޯޕްގައި ފޯރުކޮށްދީފައިވެ އެވެ.

އެގޮތުން ޓީމްތަކުގައި މަސައްކަތްކުރަމުން ދިޔަ ބައިވެރިންނަށް ތަފާތު އެކްސްޕެރިމެންޓޭޝަން ޓެކްނިކްތައް މެދުވެރިކޮށް އެމީހުންގެ ހިޔާލުތައް ޓެސްޓްކޮށް، ރިފައިން ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ލިބުނެވެ.

އޭގެ އިތުރުން އުފެއްދުންތަކާއި ހިދުމަތްތައް ފަރުމާކުރެވިފައިވަނީ ބޭނުންކުރާ މީހުންނަށް ވިސްނައިގެންކަން ކަށަވަރުކުރުމަށްޓަކައި، ކަސްޓަމަރުންގެ މުއާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައްވެސް މި ވޯކްޝޮޕުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ވޯކްޝޮޕާއި ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަލި ރިޔާޒު ވިދާޅުވީ ވިޔަފާރީގެ ހުނަރު ތަރައްގީކުރުމަށް ހިއްވަރުދީ ސްޓާޓްއަޕް ސަގާފަތް ބާރުވެރިކުރުވުމަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދެމުން ދާނެކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ލީން ސްޓާޓްއަޕް މޯލްޑިވްސްގެ ބައިވެރިން ޕްރޮގްރާމުން ދަސްވި ކަންކަންމކުރިއަށް އޮތް ތަނުގައި ސްޓާޓަޕްތަކާއި ވިޔަފާރިތަކުގައި ބޭނުންކުރަމުންގެންދާނެކަމަށް. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނަށް އެއްބާރުލުން ދޭން،" ދިރާގު ސީސީއޯ އަލީ ރިޔާޒު ވިދާޅުވިއެވެ.

ދިރާގާއި ސްޕާކްހަބުން އަންނަނީ ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރުދިނުމަށާއި، ސްޓާޓްއަޕް ސަގާފަތެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox