އޭޑީކޭ ހޮސްޕިޓަލާއި ވޯލްޑިވްސް ގުޅިގެން ބޭއްވި "އިންޓްރާއޮޕަރޭޓިވް ނިއުރޯފިޒިއޮލޮޖިކަލް މޮނިޓަރިން (އައިއޯއެންއެމް)" ވޯކްޝޮޕެއް ކާމިޔާބުކާމާއިއެކު ނިންމާލައިފި އެވެ.
އިއްޔެ ކުރިއަށްގެންދިޔަ ވޯކްޝޮޕުގެ މަގުސަދަކީ މެޑިކަލް ޕްރޮފެޝަނަލުންގެ މެދުގައި ނިއުރޯސާޖަރީގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމެވެ. މި ވޯކްޝޮޕަށް ފަހު މިއަދު ވަނީ ސާޖަރީ ޑެމޮންސްޓްރޭޝަނެއް ވެސް ބާއްވައިފި އެވެ.
ވޯކްޝޮޕުގައި ސާޖަނުންނާއި އެނެސްތެސިއޮލޮޖިސްޓުން އަދި ނިއުރޯސާޖަނުންގެ އިތުރުން އަދި ސިއްހީ ދާއިރާގެ އެހެން މާހިރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ބައިވެރިންގެ ތެރޭގައި ޕްރޮފެސަރުން ފުޕްރޮފެސާ އަމީތް ތާޕާ، އަންކިތް އަރޯރާ އަދި ޑރ. އުދިތީ ހިމެނެ އެވެ.
މި ވޯކްޝޮޕުގައި ވަނީ އައިއޯއެންއެމް ޓެކްނިކްސް އިން ކްރެނިއަލް ޕްރޮސީޖާ އަދި އައިއޯއެންއެމް ޕްރޮޓޮކޯލަށް ތަބާވުން ފަދަ މުހިއްމު މައުލޫތަކަށް ސެޝަންތައް ކުރިއަށްގެން ގޮސްފަ އެވެ.











