ވަގު ޑޮލަރުތަކެއް ދީ، އޮޅުވާލައިގެން ފޯނެއް ހޯދި މީހަކު ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގެ މަނީ އެކްސްޗޭންޖެއް ކައިރީގައި ބަޔަކު ޑޮލަރުގެ މުއާމަލާތެއް ކުރަނީ -- ފޮޓޯ:އަދަދު

މާލޭގެ މަނީ އެކްސްޗޭންޖެއް ކައިރީގައި ބަޔަކު ޑޮލަރުގެ މުއާމަލާތެއް ކުރަނީ -- ފޮޓޯ:އަދަދު

ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން އޮޅުވާލައިގެން ބިދޭސީއެއްގެ އަތުން އައިފޯނެއް ނެގި މީހަކު ހަތް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، އިރަމާގެ، ހުސެއިން ޒައިދާންގެ މައްޗަށް މި ދައުވާ ކުރީ، މެއި 11، 2023 ވަނަ ދުވަހު އޭނާ އޮންލައިންކޮށް ފޯނު ވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީއަކަށް ގުޅައި އައިފޯން 13 ޕްރޯ މެކްސްއެއް ގަންނަން އޯޑަރު ދީ، އޭގެ އަގަށްވާ 1000 ޑޮލަރު ދެއްކާނެ ކަމަށް ބުނެ، އެ ބިދޭސީ މީހާއަށް އޮޅުވާލައިގެން އެ އަދަދަށް ވާ ވަރަށް ސައްހަ ނޫން ޑޮލަރު ނޫޓުތަކެއް ދީފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން މަކަރާއި ހީލަތުގެ ދައުވާ ކުރުމުން ކްރިމިނަލް ކޯޓުގައި ޒައިދާން ވަނީ ދައުވާއަށް އިއުތިރާރުވެފަ އެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން މަކަރާއި ހީލަތުގެ ކުށުގައި ހިމެނޭ މުދަލުގެ އަގު 5000ރ.އަށް ވުރެ މަތިވާ ނަމަ އެ ކުށް ވާނީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށެވެ. އެހެންވެ، އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. އިއުތިރާފު އެއްބަސްވުމުގައި ވެސް އެދިފައި އޮތީ މުއްދަތަށް އަދަބު ކަނޑައެޅުމެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ހުކުމްކުރެއްވީ، ޒައިދާންގެ އިއުތިރާފުުން ކުށް ސާބިތުވާތީ އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ.

ހުކުމުން އެނގޭ ގޮތުގައި އޭނާ މި މައްސަލައާ ގުޅިގެން ބަންދުގައި ހޭދަ ކުރި އެއް މަހާއި 24 ދުވަހުގެ މުއްދަތު ޖަލު އަދަބުން އުނިކުރުމުން ތަންފީޒު ކުރަން ޖެހޭނީ ހަތް މަހާއި 24 ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox