"މީޑިއާނެޓް ބޯޅަ ފިއެސްޓާ" ގެ ނަމުގައި ކުޅިވަރުގެ ހާއްސަ ކެމްޕެއިނެއް މީޑިއާނެޓުން ފަށައިފި އެވެ.
އެ ކެމްޕެއިނުގެ ދަށުން ރާއްޖެގެ މުބާރާތަކާއި ބައިނަލްއަގްވާމީ ފޯރިގަދަ ދެ މުބާރާތެއް ދިވެހިންނާ ހަމައަށް "އައިސް" ނެޓްވޯކްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި ދުނިޔޭގެ ތައްޓަށް ވާދަކުރާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ފީފާ ވިމެންސް ވޯލްޑް ކަޕް" އެވެ.
ބޯޅަ ފިއެސްޓާ ގެ ފުރަތަމަ އިވެންޓް "ކްލަބް މޯލްޑިވްސް" މިހާރު ފަށައިގެން ކުރިއަށް އެބަ ދެ އެވެ. ކްލަބް މޯލްޑިވްސް ކަޕް އަދި ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ނަމުގައި މި އަހަރުގެ މުބާރާތުގައި އިތުރު ދެ މުބާރާތް ހިމެނެ އެވެ.
ޖުމްލަ 67 ޓީމު ވާދަކުރާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް 25، ގަ އެވެ.
މީޑިއާނެޓް ބޯޅަ ފިއެސްޓާގައި ދެން ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު އަންހެން ފުޓުބޯޅަ މުބާރާތް "ފީފާ ވިމެންސް ވޯރލްޑް ކަޕް" އެވެ. ޖުމްލަ 16 ޓީމު ވާދަކުރާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. އަދި ފައިނަލް މެޗު ކުޅޭނީ އަންނަ އޮގަސްޓް 20 ގަ އެވެ.
ބޯޅަ ފިއެސްޓާގައި ގެނެސްދެވޭ މުބާރާތްތަކުގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމްއެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް ފޯނުން ބަލާލެވޭނެ އެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ. މީޑިއާނެޓު ކުއިކްޕޭ މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ހިޔާރުކުރެވޭނެ އެވެ.
މީޑިއާނެޓަކީ މި އަހަރުގެ ކްލަބް މޯލްޑިވްސްގެ ބްރޯޑްކާސްޓިންގް ޕާރޓްނަރުގެ އިތުރުން ފީފާ ވިމެންސް ވޯލްޑް ކަޕުގެ އޮފިޝަލް ބްރޯޑްކާސްޓަރެވެ.











